ކުޑަކުދިންނާ ބެހޭ މީހުންގެ ދަފުތަރަށް ހިޔާލު ހޯދަނީ


ކުޑަކުދިންނަށް ޖިންސީީގޯނާކުރާ މީހުންގެ ދަފުތަރު ޑިޖިޓަލައިޒްކުރުމަށް ފަހު، އެއަށް އާންމުންގެ ހިޔާލު ހޯދަން ޖެންޑަ މިނިސްޓްރީން ހުޅުވާލައިފި އެވެ.
އެ ދަފުތަރު ޑިޖިޓަލައިޒްކުރުން އިފުތިހާކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ޖެންޑަ މިނިސްޓްރީން ބުނީ އެ ދަފުތަރު ފުރިހަމަ ކުރުމަށްޓަކައި ނުވަތަ އެއާ ގުޅޭ ގޮތުން ޚިޔާލެއް އޮތް ނަމަ، މި މެއިލަށް [email protected] އެ ހިޔާލެއް ފޮނުވައި ދޭން އެދޭ ކަމަށެވެ.
ދަފުތަރު އަޕްޑޭޓްކުރުމުގެ މަސައްކަތުގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަންނީ އެހީތެރިކަން މިނިސްޓްރީ އަށް ވަނީ ލިބިފައިވެ އެވެ. އެގޮތުން ކުޑަކުއްޖަށް ގޯނާކުރި މައްސަލައެއެއްގައި ކޯޓަކު ހުކުމެއް ކުރުމާއެކު، އެ ހުކުމަކާ މާބެހޭ މަޢުލޫމާތު އޮޓޮމެޓިކުން، ވަގުތުން ވަގުތަށް، މިނިސްޓްރީ އަށް މިހާރު އަންނަނީ ފޯރުކޮށްދެމުންކަމަށް ޕީޖީ އޮފީހުން ބުނެއެވެ.
ދަފުތަރުގައި، ކުށްވެރިންގެ މަޢުލޫމާތު ތަފާތު 7 ފިލްޓަރަކުން ފިލްޓާ ކުރެވެން ހުންނާނެކަމަށް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް މި ބާވަތުގެ ދަފުތަރުތައް ހުންނަ ގޮތަށް، އެކި ފިލްޓަރުތަކުން މީސްމީހުންގެ މަޢުލޫމާތު ބެލެން ހުންނާނެ އެއްޗެކެވެ.
