ފްލެޓް ދޫކުރުން ހުއްޓުވައި ދޭން އެދި ޕެޓިޝަނެއް

Spread the love

“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމި 4،000 ފްލެޓް ހަވާލުކުރުން ހުއްޓުވައި ދޭން އެދި އެންޓި-ކޮރަޕްޝަން ކޮމިޝަން އޭސީސީ) އަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

އެ މައްސަލާގައި ޕެޓިޝަނެއް ހުށަހަޅާފައ ވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކީ ފެންމަތިވި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން، ފްލެޓް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން އަންގައި އެކަމާ ތަހުގީގެއް ވެސް ފަށާފައި ވަނިކޮށެވެ. ނަމަވެސް ހައުސިން މިނިސްޓްރީން ބުނެފައި ވަނީ ފްލެޓް ދޫކުރުމުގައި އެއްވެސް މައްސަލެއް ނެތް ކަމަށާއި އެކަން ކުރިއަށް ގެންދާނެ ކަމަށެވެ.

އެހެންވެ މިކަމާ ގުޅިން އޭސީސީ އަށް ޕެޓިޝަނެއް ހުށަހެޅީ ކޮމޮނާސް ޖަމިއްޔާގެ ފަރާތުންނެވެ. އޭގައި 179 މީހަކު ސޮއިކޮށްފައިވެ އެވެ.

ޕެޓިޝަންގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލެޓް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން އެންގި ނަމަވެސް އެކަމަށް ގޮންޖައި، އެކަން ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ބުނުމަކީ ވަރަށް ކަންބޮޑުވާ ކަމެކެވެ. އެހެންވެ ޕެޓިޝަނުގައި އެދުނީ އެކަން ހުއްޓުވައި ދޭން އެޅެން ހުރި ހުރިހާ ފިޔަވަޅެއް އަޅައި ދިނުމަށެވެ.

“ގެދޮރުވެރިޔާ” ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ 4000 ފްލެޓްގެ ތެރެއިން 3 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކެޓަގަރީއަށް 2000 ޝަކުވާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ކެޓަގަރީން 900 އެއްހާ ޝަކުވާ އަންގާރަ ދުވަހާ ހަމައަށް ލިބިފައިވާ ކަމަށް މިނިސްޓްރީން ބުނެފައިވެ އެވެ.

ޝަކުވާ ހުށައެޅުމުގެ ފުރުސަތު ހުޅުވާލީ މިއަދާ ހަމައަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com