މާބަނޑު ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި މީހަކު ހައްޔަރުކޮށްފި

Spread the love

މާބަނޑު ބުޅަލަކަށް ވަޅިން ހަމަލާދީ މަރާލި މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މީހަކު ވަޅިއަކުން ބަނޑުބޮޑު ބުޅަލަކަށް އެއްވެސް ސަބަބެއް ނެތި އަނިޔާކޮށް މަރާލާ މަންޒަރު ވީޑިޔޯއެއް ސޯޝަލްމީޑިޔާގައި ދައުރުވަމުން އެބަދެއެވެ.

ވީޑިއޯ އިން ފެންނަނީ އަމީރުއަހްމަދު މަގުގައި ހުންނަ ފިހާރައެއް ކައިރީ ޕޭވްމަންޓް މަތީގައި މާބަނޑުބުޅަލެއް ކާން އޮއްވައި އެ މީހާ އެތަނަށް އައިސް ކުޑަ ވަޅިއެއް ނަގާ ކުއްލިއަކަށް އެ ބުޅަލަށް ހަމަލާ ދޭ މަންޒަރެވެ. އަދި އޭނާ އެ ބުޅަލުގެ ބަނޑަށް ވަޅިއެއް ހަރާލުމުން ބުޅާ އެތަނުން ދުއްވައިގަނެއެވެ. އެއަށްފަހު، ވަޅިން ލޭތައް ފޮހެލުމަށް އޭނާ އިރުކޮޅަކު މަޑުކޮށްލައެވެ.

އެ ވަގުތު ފިހާރާ ގައި ތިބި މީހުން ނިކުމެ އެ މީހާ ހުއްޓުވާ ހަމަލާ ދޭން ވަނީ މަަސައްކަތް ކޮށްފައެވެ.

އެ ފިހާރައަކީ ތުރުކީ ބަޔަކު ހިންގާ ފިހާރައެއް ކަމަށް ވެއެވެ.

ވަޅީން ހަމަލާ ދިން ބުޅަލަށް ފިހާރައިގެ މީހުން ކޮންމެ ދުވަހަކު ކާން ދޭ ކަމަށް ވެއެވެ. އެހެން ކަމުން އެމީހާ އެގޮތަށް އެބުޅަލަށް ހަމަލާ ދިނުމުން ފިހާރައިގެ މީހުން ވަނީ ރުޅިގަދަވެ އެ މީހާއަށް ހަމަލާ ދީފައެވެ.

މިމީހާ ހައްޔަރު ކޮށްގެން ގެންދިއުމުގެ ކުރީން އެ ސަރަހައްދަށް އައި ފުލުހަކު ވަނީ އޭނާ އަށް ހިމާޔަތް ދީފައެވެ.

ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އެފަދަ މައްސަލައެއް ސަމާލުކަމަށް އައުމުން، އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށެވެ

ފުލުހުން ވިދާޅުވީ މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com