މޯލްޑިވިއަނުން ރީފަންޑް ޕޯޓަލެއް ތައާރަފްކޮށްފި


ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނުން ރީފަންޑު ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.
މޯލްޑިވިއަނުން ބުނި ގޮތުގައި މި ޕޯޓަލް ތައާރަފް ކުރުމުގެ ބޭނުމަކީ އައިލެންޑް އޭވިއޭޝަންގެ ވެބްސައިޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ފަސޭހަ ގޮތެއްގައި ރީފަންޑަށް އެޕްލައި ކުރެވޭ ގޮތަށް ހެދުމެވެ. ޕޯޓަލް އަށް ވަދެވޭނީ އައިލެންޑް އޭވިއޭޝަންގެ ވެބްސައިޓު ބޭނުންކޮށްގެން ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
ޕޯޓަލް މެދުވެރިކޮށް ރިފަންޑަށް އެޕްލައި ކުރުމުގެ އިތުރުން ބޭންކު މެދުވެރިކޮށް ކުރާ މުއާމަލާތްތައްވެސް ފަސޭހަ ކަމާއި އެކު ކުރެވޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ. މި ޕޯޓަލުން ރިފަންޑަށް އެޕްލައި ކުރުމުން އެ ރިކުއެސްޓް އޮތް ހިސާބެއް ވެސް ބަލާލުމުގެ ފުރުސަތު އޮންނާނެއެވެ.
އަދި ރީފަންޑާ ގުޅޭ އިތުރު މައުލޫމާތު އީމެއިލް އާއި މޮބައިލް ފޯނަށް މެސެޖެއްގެ ގޮތުގައި ލިބޭނެއެވެ. މި ޕޯޓަލްގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށް މޯލްޑިވިއަނުން ބުނެއެވެ.
