ޝުމްބާ ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން މާފަށް އެދެން ޖެހޭ – އިންތިޤާލީ އިންސާފުގެ އޮފީސް


މީސް މީޑިއާ އެކްޓިވިސްޓް މޯލްޑިވްސް ތާޑް-ވޭ ޑިމޮކްރެޓްސް (އެމްޓީޑީ)ގެ ކައުންސިލް މެމްބަރު އަހުމަދު އަޝްރަފް (ޝުމްބާ ގޮންގް) ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން މާފަށް އެދެން ޖެހޭ ކަމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހުން ނިންމައިފިއެވެ.
އެ އޮފީހުން އެގޮތަށް ނިންމާފައިވަނީ 2015 ވަނަ އަހަރު އޭނާ ސްރީ ލަންކާއިން ހައްޔަރު ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ މައްސަލައެއް ހުށަހެޅުމުން ތަހުގީގު ކުރުމަށްފަހުއެވެ.
މައުލޫމާތު ސާފުކޮށް، އެއޮފީހުން ކުރިއަށް ގެންދިޔަ ތަހުގީގުން ޝުމްބާ ލަންކާއިން ހައްޔަރު ކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަށަވަރުވެފައިވާތީ ނިންމީ އޭނާ ހައްޔަރު ކުރުމުގައި ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި އަމަލެއް އޮތް ކަމަށެވެ.
އެހެން ކަމުން ދިވެހި ރައްޔިތަކު ނުހައްގުން ބަންްދުގައި ބަހެއްޓުމަކީ ދައުލަތުން ޒިންމާ ނަގަން ޖެހޭ ކަމަށް ނިންމައި ދައުލަތުގެ ފަރާތުން މާފަށް އެދެން ޖެހޭކަމަށް ނިންމާފައިވާ ކަމަށް އޭނާ ވަނީ ބުނެފައެވެ.
“އެކަން އެގޮތަށް އޮތުމުން، ގާނޫނާއި ހިލާފަށް އޭނާ ބަންދު ކުރިކަމަށް ސާބިތުވާތީ ދައުލަތުގެ ފަރާތުން މާފަށް އެދެން ޖެހޭ ކަމަށް ނިންމީ” އޭނާ ވިދާޅުވިއެވެ.
