ފުލުހުންގެ އެގްޒެކެޓިވް ރޭންކަށް ނަޝްވާ

Spread the love

ފުލުހުންގެ އެގްޒެކެޓިވް ރޭންކްގެ އޮފިސަރަކަށް ފުރަތަމަ އަންހެން ބޭފުޅެއްގެ ގޮތުގައި ފާތިމަތު ނަޝްވާ ޕްރޮމޯޓްވެއްޖެ އެވެ.

ފުލުހުންގެ ތަރުޖަމާނު، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު “މިހާރު” އަށް މިއަދު ވިދާޅުވީ އެގްޒެކެޓިވް ފެންވަރަށް އާ ބޭފުޅުން ހަމަޖައްސައި އެ މުއައްސަސާއަށް 30 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރި ފުލުހުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ.

ފުލުހުންގެ އެގްޒެކެޓިވްގައި ތިއްބަވާނީ ޗީފް ސުޕްރިޓެންޑެންޓުން މަތީ ރޭންކުގެ އޮފިސަރުންނެވެ. އެ ރޭންކުތަކުގައި މި ވަގުތު ތިއްބެވީ ހަމައެކަނި ފިރިހެނުންނެވެ. އެކަމަކު، ސުޕްރިޓެންޑެންޓުގެ މަގާމުގައި ހުންނެވި ނަޝްވާ، ޗީފް ސުޕްރިޓެންޑެންޓުގެ މަގާމަށް ރޭ ޕްރޮމޯޓުކުރުމާއެކު އޭނާ ވަނީ އެގްޒެކެޓިވް ރޭންކުގެ ފުރަތަމަ އަންހެން އޮފިސަރަށް ވެވަޑައިގެންފަ އެވެ.

އަޕާ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުކަމަށް ވެސް 2020 ވަނަ އަހަރު ނަޝްވާ ހަމަޖައްސާފައިވެ އެވެ.

އޭނާ ވަނީ ޔުނިވާސިޓީ އޮފް ސަދަން ކުއީންސްލޭންޑުން ޕަބްލިކް ރިލޭޝަންސް އިން ފުރަތަމަ ޑިގްރީ އަދި ފެޑެރޭޝަން ޔުނިވާސިޓީ އޮސްޓްރޭލިއާއިން 2012 ވަނަ އަހަރު ބިޒްނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމަންޓުން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފަ އެވެ.

މީގެ ތިރީހަކަށް އަހަރު ކުރިން ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގެންނެވި ނަޝްވާ، އެ މުއައްސަސާގެ އިސް މަގާމުތަކެއް ފުރުއްވާފައިވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com