ކައިވެންޏާއި ވަރީގެ މުއާމަލާތްތަކުގެ ފޯމުތައް ހުށަހަޅަން ޕޯޓަލްއެެއް ތައާރުކޮށްފި

Spread the love

އޮންލައިންކޮށް ކައިވެންޏާ ގުޅޭ ފޯމުތައް ހުށަހެޅޭ ޕޯޓަލްއެއް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ތައާރަފްކޮށްފި އެވެ.

https://kaaveni.judiciary.gov.mv/

ޑީޖޭއޭއިން ޔޫއެންޑީޕީ އާއި ބްރިޓިޝް ހައި ކޮމިޝަނާ ގުޅިގެން ފަރުމާކުރި މި ޕޯޓަލް ލޯންޗުކޮށްދެއްވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނެވެ. މި ޕޯޓަލްގެ ނަމަކީ ކާވެނި ޕޯޓަލްއެވެ. “ކާވެނި ޕޯޓަލް” ނަމުގައި ތައާރަފްކުރި މި ޕޯޓަލް އިން ކައިވެންޏާ ގުޅުންހުރި ކަންކަން ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި، އާންމުންނަށް ފަސޭހަކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ ޕޯޓަލްއެއް ކަމަށް ޑީޖޭއޭއިން ބުންޏެވެ.

މިއަދު ބޭނުން ކުރަން ފެށި މި ޕޯޓަލްގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޕޯޓަލް އިން ހުށަހެޅޭނީ ހަމައެކަނި މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅާ ކައިވެންޏާ ގުޅުން ހުރި ފޯމުތަކެވެ. ކުރިއަށް އޮތް ތަނުގައި ފެމިލީ ކޯޓުގެ ފޯމުތައް ވެސް ހުށަހެޅޭނެ ކަމަށް ޑީޖޭއޭއިން ބުންޏެވެ.

ޕޯޓަލް ލޯންޗުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް ހުށަހަޅާ ފޯމުތަކުގެ 60 ޕަސެންޓަކީ ކައިވެނީގެ ފޯމުތައް ކަމަށާއި މި ޕޯޓަލްއާ އެކު ކޯޓުތަކުން ދޭ ހިދުމަތްތަކާއި އެ ހިދުމަތް ހޯދާ ފަރާތްތަކަށް ލުއިފަސޭހަ ވެގެން ދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com