ފެނަކަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަށް ފޮނުއްވި ސިޓީގައި ސައީދު ވިދާޅުވީ މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން މަގާމުން އިސްތިއުފާ ދެއްވަން ބޭނުންވާ ކަމަށެވެ.

އިސްތިއުފާ ދެއްވުމަށްފަހު ފެނަކައިގެ މުވައްޒަފުންނަށް ސައިދު ވަނީ ސިޓީއެއް ފޮނުވާފައެވެ،

ފާއިތުވީ 5 އަހަރު ފެނަކައިން ރައްޔިތުންނަށް ގިނަ ޚިދުމަތްތައް ފޯރުކޮށްދެވުނުކަން ފާހަގަކުރައްވަމުން ސައީދު ވިދާޅުވީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއިރުވެސް، ހާއްސަކޮށް ކޮވިޑް ޕެންޑަމިކް ތެރޭ ފެނަކަ މުވައްޒަފުން ފަހަތަށް ނުޖެހި ދެއްކި ހިތްވަރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ރައްޔިތުންނަށް އެދެވޭ ޚިދުމަތްތައް ދިނުމުގައި ދެމިތިބުމަށް ސައީދު ވަނީ އިލްތިމާސްކޮށްފައެވެ.

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސައީދު ހަމަޖައްސަވާފައިވަނީ ޑިސެންބަރު 16، 2018 ގަ އެވެ.

މަގާމުން އިސްތިއުފާ ދެއްވަން ސައީދު ނިންމާފައިވާއިރު ފެނަކަ އަށް އަމާޒުވެފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް ދާދިފަހުން ސައީދު ވަނީ ދޮގުކުރައްވާފަ އެވެ. އަދި އާ ސަރުކާރު ހަވާލުވެގެން ވެސް ފެނަކައިގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭ ކަމެއް ނޯންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

ފެނަކައިގެ އެމްޑީ ކަމުގައި ސައީދު ހޭދަކުރެއްވި މުއްދަތުގައި އެ ކުންފުނީގެ ދަރަނިވަނީ 3.9 ބިލިއަން ރުފިޔާއަށް އަރާފައެވެ. އޭގެ ތެރެއިން ބޮޑު ބައަކީ އެ ކުންފުންޏަށް ޚިދުމަތާއި މުދާ ފޯރުކޮށްދީފައިވާ އެކި ވިޔަފާރިތަކަށް ދައްކަންޖެހި އެ ކުންފުނިން ނުއްދައްކައި ހުރި ފައިސާއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *