އިންސާނުންގެ މައްޗަށް އާޓިފިޝަލް އިންޓެލިޖެންސް ގަދަވެގެންފާނެ ކަމަށް މާހިރުން ކަންބޮޑުވުން ފާޅުކޮށްފައިވާ މި ދަނޑވަޅުގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ކުންފުންޏަކުން އެ ކުންފުނީގެ އެންމެ އިސް މަގާމަށް އާޓިފިޝަލް އިންޓަލިޖެންސް ރޮބޮޓެއް އައްޔަން ކޮށްފި އެވެ.

މީކާ ނަމަކަށް ދީފައިވާ އެ ރޮބޮޓަކީ ހޭންސަން ރޮބޮޓިކްސްއާއި ޑިކްޓޭޑާ ކުންފުނި ގުޅިގެން އުފައްދާފައިވާ ރޮބޮޓެކެވެ. މީކާ މިހާރު މަސައްކަތް ކުރަނީ ޑިކްޓޭޑާ ކުންފުނީގެ ސީއީއޯއެއްގެ ގޮތުގަ އެވެ.

ރޮއިޓާސްއަށް ދިން އިންޓަވިއުއެއްގައި މީކާ ބުނީ އޭނާއަށް ހަފްތާ ބަންދެއް ނާންނަ ކަމަށާއި ކުންފުނީގެ ބޭނުންތަކަށް އޭނާ އަބަދުވެސް ހާޒިރުވެ ހުންނާނެ ކަމަށެވެ.

މީކާއަކީ ޑޭޓާ އެނެލައިޒިން ސިސްޓަމްއަކާއެކު ކުންފުނީގެ މުހިއްމު ނިންމުންތައް ނިންމުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓެއް ކަމަށް ހަބަރުތައް ބުނެ އެވެ.

މިއާއެކު ކުރިއަށް އޮތް ތަނުގައި އިންސާނުންނަށް ވަޒީފާގެ ފުރުސަތުތައް ހަނިވެގެންދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފަ އެވެ.

މީކާއަކީ ހޭންސަން ރޮބޮޓިކްސްގެ ފުރަތަމަ އުފެއްދުމެއް ނޫނެވެ. 2016 ވަނަ އަހަރުވެސް އެކުންފުނިން ވަނީ ސޯފިއާ ނަމަކަށް ކިޔާ ހިއުމަނޮއިޑް ރޮބޮޓެއް އުފައްދާފަ އެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *