ޒުވާނުން ފެއިލް ވިޔަކަ ނުދޭނަން: އަސްވާޑް


މަގާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު “މުއިއްޒު ޓީވީ” އަށް ދެއްވި އިންޓަވިއުއެއްގައި އަސްވާޑު ވިދާޅުވީ ދިވެހި ފަންނާނުންނާއި، ދިވެހި ޒުވާނުން ފެއިލް ވިޔަކަ ނުދޭނެ ކަމަށާއި އޭނާގެ މެންޑޭޓުގައި ހިމެނޭ ހުރިހާ ފަރާތްތައް މި ދައުރު ނިންމާލާނީ ހިތްހަމަޖެހުމާއި އުފަލާއެކު ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒާއެކު ހުންނަވާނެ ކަމަށާއި އެއީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.
“މިކަމުގައި އަޅުގަނޑު ފެއިލެއް ނުވާނަން.” އަސްވާޑު ވިދާޅުވި އެވެ.
އަސްވާޑަކީ ނޫސްވެރިކަމާ މީޑިއާގެ ދާއިރާގައި ވަރަށް ޚިދުމަތްތެރި ޝަޚްޞިއްޔަތެކެވެ. އަސްވާޑު މަތީ ތަޢުލީމު ޙާޞިލްކުރައްވާފައި ވަނީ، ޤައުމީ ޔުނިވަސިޓީގައި، ނޫސްވެރިކަމުގެ ދާއިރާއިންނެވެ. އެ ދާއިރާއި ން ރާއްޖެއާ ރާއްޖެ އިން ބޭރުގައި ތަފާތު ތަމްރީނުތައް ފުރިހަމަކުރެއްވުމުގެ އިތުރަށް ނޫސްވެރިކަމަށް ގިނަ ބަޔަކު ވަނީ ނެރެދެއްވާފަ އެވެ. އަސްވާޑަކީ މަޝްހޫރު ޓީވީ ޕްރެޒެންޓަރެކެވެ.
ސަންގު ޓީވީ ހިންގެވުމުގެ އިތުރުން ރާއްޖެ ޓީވީ، މިނިވަން ނިއުސް، ހާމަ ނޫސް، ޓީވީއެމްގައި އަސްވާޑު ވަނީ ހިދުމަތް ކުރައްވައިފަ އެވެ.
