މާފަންނު ގަޑިބުރު ހުޅުވައިފި، 5 ވަގުތުވެސް ބަންގި ގޮވާއަޑު އިވޭނެ!

Spread the love

މާފަންނުކޮޅުގައި ހުންނަ ގަޑިބުރު ޒަމާނީ ފެންވަރަށް މަރާމާތު ކުރުމަށް ފަހު، އެ ތަން ހުޅުވީ ފަސް ވަގުތު ވެސް ބަންގީގެ އަޑު އިވޭ ގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

މާލޭގެ މާފަންނުގައި އަލުން ތަރައްގީ ކުރި ގަޑިބުރު އިފްތިތާހުކޮށް ދެއްވުމަށް ފަހު ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި އެމަނިކުފާނު އިރުޝާދު ދެއްވީ ކުރިން މި ތަނުގައި ބެހެއްޓި ގަޑިއާ އެއްގޮތަށް އަދި ޑިޖިޓަލައިޒްކޮށް ޒަމާނީ ގޮތެއްގައި ގަޑި ބުރު ހެދުމަށް ކަމަށެވެ. މިއީ ސިޓީ ކައުންސިލާއި ހައިނިއާ މޯލްޑިވްސް އާ އެކުގައި ގާއިމު ކުރި އެއްބަސްވުމުގެ ދަށުން ތަރައްގީ ކުރި ތަނެކެވެ.

“މީގެ ބޭނުމަކީ ޒުވާނުންނަށް ވެސް އަދި ޅަފުރައިގެ ކުޑަކުދިންނަށް ވެސް ޖުމްލަކޮށް ހުރިހާ ފަރާތްތަކަށް ވެސް މަގްބޫލް ވިސްނުންތަކެއް ވެސް ގެނައުން،” ރައީސް ވިދާޅުވިއެވެ.

މިތަން ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މި ހަފްލާގައި މާލެ ސިޓީގެ އެކްޓިން މޭޔާރު އަހުމަދު ނަރީޝް އާއި ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މިއީ މާލޭ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ކުރަން ނިންމި ކަމެއް ކަަމަށާއި، މިކަންތައް ފުރިހަމަވެގެން ދިޔުމަކީ އުފާ ލިބިގަންނަ ކަމެއް ކަމަށެވެ.

ގަޑިބުރުގެ މަސައްކަތް ނިމި، މިހާރު ވަނީ އާންމުންނަށް ފެންނާނެހެން ދައްކާލާފައެވެ. ގަޑިބުރު އިސްލާމީވަންތަކަން ރަމްޒުވާ ފަރުމާއަކަށް ފަރުމާކޮށްފައިވާ އިރު، ގަޑިބުރުގައި ހަތަރު ފަރާތުން ފެންނާނެހެން ގަޑިތައް ހުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com