ޝަމާލް ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފި

Spread the love

އަހަރުގެ ޚިދުމަތަށްފަހު، ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފިއެވެ.

މިކަން ކަށަވަރުކޮށްދެއްވައި، އެމްއެންޑީއެފްގެ މީޑީޔާ ގްރޫޕުގައި ވިދާޅުވެފައިވަނީ، “35 އަހަރަށްވުރެ ގިނަދުވަހު ކުރެއްވި އިޚުލާސްތެރި ޚިދުމަތަށް ފަހު ލެފްޓިނަންޓް ޖެނެރަލް ޢަބްދުﷲ ޝަމާލް، ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވައިފި” ކަމަށެވެ.

ޝަމާލް ވަނީ ނިމިދިޔަ ސަރުކާރުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމު އަދާކުރައްވާފައެވެ. ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯރސްގެ މަޤާމަށް މޭޖަރ ޖެނެރަލް ޝަމާލް ޢައްޔަނުކުރެއްވީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 11ވަނަ ދުވަހުއެވެ.

ޝަމާލް ސިފައިގެ ޚިދުމަތާއި ގުޅިވަޑައިގަތީ މީގެ 35 އަހަރު ކުރިން 1988 ވަނަ އަހަރުއެވެ. މިހާތަނަށް ސިފައިންގޭގެ އެކި މަޤާމުތައް ވަނީ ފުރުއްވާފައެވެ. ޝާމާލަކީ ލެފްޓިނެންޓް ޖެނެރަލްގެ ރޭންކް، ދިވެހި ސިފައިންގެ ތާރީޚުގައި ލިބިވަޑައިގެންނެވި ދެވަނަ ބޭފުޅާއެވެ. އެއީ ސިފައިންގޭގައި ދެވަނައަށް އެންމެ އިސް ރޭންކެވެ.

ލެފްޓިނަންޓް ޖެނެރަލް ޝަމާލް ޚިދުމަތުން ރިޓާޔަރކުރެއްވުމާއި ގުޅިގެން އެމްއެންޑީއެފުން ވިދާޅުވީ، އެމަނިކުފާނު ޚިދުމަތް ކުރައްވާފައިވަނީ ވަރަށް އިޚުލާސްތެރި މަސައްކަތްޕުޅެއްކަމަށެވެ. ޝަމާލްއަށް ވަނީ ޚިދުމަތުގެ 16 ސަރވިސް މެޑަލް ލިބިވަޑައިގެންފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com