އިންޑިއާގެ 77 ސިފައިން ރާއްޖޭގައި އެބަތިބި ކަމަށް ސަރުކާރުން ބުނެފި

Spread the love

ރާއްޖޭގައި އިންޑިއާގެ 77 ސިފައިން އެބަތިބި ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

އެކަން ހާމަކޮށްފައިވަނީ ރައީސް އޮފީހުގައި މިހާރު ބާއްވަން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލްއެވެ.

އެގޮތުން ފިރުޒުލް ވިދާޅުވީ، އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އިންޑިއާ ސިފައިންގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެތިބިކަން ފާހަގަވެފައިވާ ކަމަށެވެ.

“މިހާތަނަށް އަޅުގަނޑުމެންނަށް އެއްކުރެވުނު މައުލޫމާތަށް ބަލާއިރު އިންޑިއާ ސިފައިންގެ 77 ސިފައިން ރާއްޖޭގައި ޤާއިމުވެތިބިކަން އަޅުގަނޑު ފަހަގަކުރަން ބޭނުން.” ފިރުޒުލް ވިދާޅުވިއެވެ.

މީގެއިތުރުން މެއިންޓެނަންސް އާއި އިންޖީނިއަރިން މަސައްކަތުގައި ބައިވެރިވާން އިތުރު 2 އިންޑިއާ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުން އެހެން ގައުމުތަކާއެކު ވެފައިވާ އެއްބަސްވުމުގައި ހުރި ރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ މާއްދާތައް އުވާލުމުގެ މަސައްކަތް ފެށިގެން ކުރިޔަށްދާނެ ކަމަށެވެ.

“ދިވެހިރާއްޖޭގެ ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ދޭދޭ ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ސިޔާދަތަށް އުނިކަން ލިބޭހެން ހުރި ނުކުތާތައް އުވާލުމުގެ މަސައްކަތް ފެށިގެންދާނެ.” ފިރުޒުލް ވިދާޅުވިއެވެ

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com