ބްރިޖްގެ 27 އިންސައްތަ މަސައްކަތް ނިމިއްޖެ – ފިރުޒުލް 

Spread the love

ރައީސް ސޯލިހުގެ ސަރުކާރަށް ނިންމުނީ ބްރިޖްގެ 27 އިންސައްތަ މަސައްކަތްކަމަށް ރައީސް އޮފީހުގެ އަންޑަ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލްއެވެ.

ފިރުޒުލް މިހެން ވިދާޅުވީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިހާ ހިސާބަށް އަންނަ އިރު ބްރިޖްގެ އޮންނަން ވާނީ 77 އިންސައްތަ މަސައްކަތް ނިމިފައި. ނަމަވެސް ނިމިފަ ވަނީ 27 އިންސައްތަ މަސައްކަތް – ފިރުޒުލް

މާލެ، ވިލިމާލެ، ގުޅީފަޅު، ތިލަފުށި ގުޅާލުމަށް ހަދާ “ތިލަމާލެ” ބްރިޖުގެ މަސައްކަތް އަވަސް ކުރަން ހާއްސަ ކޮމިޓީއެއް އެކުލަވާލަން ވަނީ ނިންމާފައެވެ.

ރައީސް އޮފީހުގައި އިއްޔެ ކުރިއަށް ދިޔަ ބައްދަލުވުމުގައި އިންޑިއާގެ އެހީތެރިކަމާއެކުގައި ރާއްޖޭގައި ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތަކާ ބެހޭ ގޮތުން ރައީސް މުއިއްޒާއި އިންޑިއާގެ މިނިސްޓަރު މަޝްވަރާ ކުރެއްވެވިއެވެ. އަދި ތިލަމާލެ ބްރިޖު މަޝްރޫއުގެ މުހިންމު ކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. އަދި މަޝްރޫއު ނުނިމި ލަސްވާ ސަބަބު ބަލައި އެކަންކަން ހައްލު ކުރުމުގެ މުހިންމު ކަމުގެ ވާހަކަ ވެސް ރައީސް މުއިއްޒު ވަނީ ފާހަގަ ކުރައްވައިފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ އުމްރާނީ ތަރައްގީގެ އެންމެ ބިޔަ މަޝްރޫއު ކަމަށްވާ ތިލަމާލެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާއާ ހަވާލުކޮށްފައި ވަނީ އޮގަސްޓް 26، 2021 ގައެވެ. މި މަޝްރޫއުގެ ދަށުން މިހާތަނަށް ގިނަ ތަނބުތަކެއްގެ މަސައްކަތް ވަނީ ނިމިފައެވެ. ހާއްސަ ގޮތެއްގައި މާލެ އާއި ވިލިމާލޭގެ އެއްގަމު ސަރަހައްދުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތް ނިމުނު އިރު، މާލެ އާއި ވިލިމާލެއާ ދެމެދު ޖަހަން ޖެހޭ ތަނބުތަކުގެ ގިނަ މަސައްކަތްތަކެއް ވަނީ ނިމިފައެވެ. އެކަމަކު، މާލެ އާއި ވިލިމާލެއާ ދެމެދު ފުން ސަރަހައްދުތަކުގައި އަދިވެސް ތަނބުތައް ޖަހަން ޖެހެއެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ފުން ހިސާބުތަކުގައި ޖަހަން ޖެހޭ ތަނބުތަކުގެ މަސައްކަތަށް މިދިޔަ މަހުގެ ފަހުކޮޅު ރާއްޖެ ގެނައި ހާއްސަ އުޅަނދު “މަހަކްސިޔާ” މިހާރު ވަނީ މަސައްކަތް ފަށަން ތައްޔާރުވެފައެވެ. އަދި މިއަދުގެ ވަގުތެއްގައި ފުން ސަރަހައްދުތަކުގައި ތަނބުތައް ޖެހުމުގެ މަސައްކަތް ފަށާނެ ކަމަށްވެއެވެ. އެ އުޅަނދު ތަނބުތަކުގެ މަސައްކަތަށް ގެންދެވުނީ މޫސުން ގޯސްވެގެން މާލެ އާއި ވިލިމާލެއާ ދެމެދަށް ނުގެންދެވި ދެ ދުވަސް ފަހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com