ކުޅުދުއްފުށިން ގެއްލުނު މީހާ 17 ދުވަސް ފަހުން ފެނިއްޖެ، ޙާލު ރަނގަޅު!


ހދ. ކުޅުދުއްފުށިން ގެއްލިގެން ހޯދަމުންދިޔަ މީހާ 17 ދުވަސް ފަހުން ފެނިއްޖެއެވެ.
ގެއްލިގެން ހޯދަމުން ގޮސްފައި ވަނީ ކުޅުދިއްފުށި، ލަންދޫގެ، އަބްދުﷲ އިބްރާހިމް (39އ) އެވެ.
އޭނާ ގެއްލިގެން ހޯދަން ފެށީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން ވީނުވީއެއް ނޭނގި އާއިލާއަށް ހަބަރެއް ވެފައި ނުވާތީއެވެ. އެނގިފައިވާ ގޮތުގައި އެ ދުވަހުގެ ހެނދުނުން ފެށިގެން އޭނާގެ ހަބަރެއް ވެފައެއް ނުވެއެވެ. އޭނާ އެދުވަހު ގެއިން ބޭރަށް ނުކުމެފައިވަނީ ވެސް ހެނދުނުގެ ވަގުތެއްގައެވެ.
ފުލުހުން މީގެ ކުރިން ވިދާޅުވީ ވިލިމާލޭ ފެރީ ޓާމިނަލް ކައިރިން އޭނާ ފެނުނު ކަމށް އާއިލާއަށް ގުޅާފައި މީހަކު ބުނި ކަމަށެވެ. ނަމަވެސް އޭގެ ފަހުން އޭނާ ނުފެންނަ ކަމަށް އޭރު ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިއަދު ވިދާޅުވީ އަބްދުﷲ އިބްރާހީމް ހުރީ މާލޭގައި ކަމާއި ހާލު ރަނގަޅުކަމަށެވެ. އަދި މިމަހުގެ 16 ވަނަ ދުވަހު އޭނާގެ އާއިލާއަށް ގުޅައި ބުނެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
