ކުރީ ސަރުކާރުން 100 އަށްވުރެ ގިނަ އެއްބަސްވުން އިންޑިއާއާ އެކު ހަދައިފައިވޭ: ފިރުޒުލް 

Spread the love

މިދިޔަ ފަސް އަހަރުގައި ރާއްޖެއިން އިންޑިއާ އާއެކު 100 އަށްވުރެ ގިނަ އެއްބަސްވުން ހަދާފައިވާ ކަމަށާއި ނަމަވެސް ޕްރޮޖެކްޓް ތައް ހިންގަންވެފައި ހުރި ހުރި އެއްބަސްވުން މީހެ ތެރޭގައި ނުހިމެނޭކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވެއްޖެ އެވެ.

އާ ސަރުކާރު ހުވާ ކުރުމަށްފަހު ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ ފާއިތުވި ފަސް އަހަރު ސޮއި ކުރި 100 އަށްވުރެ ގިނަ އެއްބަސްވުންތަކުގެ ތެރޭގައި ރާއްޖޭގައި ހިންގުމަށް ނިންމާފައިވާ ޕުރޮޖެކްޓުތަކާއި މަސައްކަތްތަކާ ގުޅޭ އެއްބަސްވުންތައް ނުހިމެނޭ ކަމަށެވެ.

“މި އަދަދުގެ ތެރޭގައި ޕްރޮޖެކްޓުތައް ހިންގަން ވެވިފައި ހުރި އެއްބަސްވުންތައް ނުހިމަނައި 100 އަށްވުރެ ގިން އެއްބަސްވުން އިންޑިއާއާ އެކު ވެވިފައިވޭ،” ފިރުޒުލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ އެއްބަސްވުންތަކެއް ސަރުކާރުން ދިރާސާ ކުރާނެ ކަމަށާއި ނަމަވެސް 100 އަށްވުރެ ގިނަ އެއްބަސްވުން ދިރާސާ ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު އެނގެމުންދާވަރަކުން ހާމަ ކުރަމުން ދާނެ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ. އަދި މީގެ އިތުރުން އިސްޑިއާއާއި އެކު ހެދިފައ ހުރިި އެއްބަސްވުންތަކުގެ ތޭގައި ހުރި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް ހުރި މާއްދާތައް ހާމަ ކުރާނެކަމަށް ފިރިޒުލް ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com