ޕާފޯމެންސް ދަށް ވަޒީރުންނަށް ފިޔަވަޅު އަޅާނެ

Spread the love

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ މިހާރު އޮތް ވަޒީރުންގެ މަޖިލީހާއި އަދި އެހެން މަގާމުތަކަށް އައްޔަން ކުރައްވާ ބޭފުޅުންނާ މެދު ރައީސް ފުރިހަމަ އިތުބާރު އެބައޮތް ކަމަށާއި އެ އެބޭފުޅުން މަގާމުތަކަށް އައްޔަންކުރައްވާފައި ވަނީ ފުރިހަމަ އިތުބާރާއި ޔަގީންކަން އޮވެގެން ކަމަށެވެ.

“އެހެންނަމަވެސް ޕާފޯމަންސްގެ މައްސަލައެއް އުޅޭ ކަމަށްވާ ނަމަ، އެކަން ރިވިއުކުރާނެ. އެކަން ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ،” ފިރުޒުލް ވިދާޅުވި އެވެ.

މިއަދު މި ދެކޭ ގާނޫނުއަސާސީގެ ރޫހަކީ، ޖަވާބުދާރީ ކުރުވަނިވި، ޖަވާބުދާރީ ވާނެ ސަރުކާރެއް ގާއިމްކުރުން ކަމަށާއި އެ ނިޒާމްގެ ތެރެއިން އެކަން ކުރިއަށްދާނެ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ. ރައީސް މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގައި 22 ބޭފުޅުން ތިއްބަވަ އެވެ.

ފިރުޒުލް ވަނީ ވުޒާރާތަކުގެ އަދަދު އޭގެ ޒާތުގައި އިތުރުވެގެންދިޔަ ނަމަވެސް، ވުޒާރާތައް ހިންގުމަށް ނުވަތަ ވުޒާރާތަކުގެ ފުޓްޕްރިންޓްތައް އިތުރުވެގެން ނުދާނެ ގޮތަކަށް ހަރަދުތައް މެނޭޖްކުރައްވައި، އޮފީސްތަކުގެ ނިޒާމުތައް ބައްޓަންކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މިވަގުތު ވެސް އޮފީސްތައް ހިންގަމުންދަނީ ކުރިން ވެސް ސަރުކާރުގެ އެކިއެކި ވުޒާރާތައް ހިންގަމުންދިޔަ ޖާގައިގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ.

“މި ވުޒާރާތައް މި އޮނިގަނޑުގެ ތެރެއިން ބައްޓަންކުރުމުގެ އެންމެ މައިގަނޑު ބޭނުމަކީ، ވިސްނުންފުޅަކީ އެފިޝަންޓް، ފޯކަސް މަސައްކަތްތަކެއް ކުރުން. ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ޑެލިވާކޮށްދިނުން،” އޭނާ ވިދާޅުވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com