އިސްލާމިކް ޔުނިވާސިޓީގެ ވައިސް ޗާންސެލަރކަމަށް ޑރ. އަލީ ޒާހިރު

Spread the love

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު ހިތިމާގެ ޑޮކްޓަރ ޢަލީ ޒާހިރު އައްޔަންކުރައްވައިފިއެވެ.

ޑޮކްޓަރ ޢަލީ ޒާހިރު އެ މަގާމަށް އައްޔަންކުރައްވާފައިވަނީ ސަރުކާރުގެ ބައެއް މަގާމުތަކަށް ބޭފުޅުން އައްޔަންކުރެއްވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އެ ރަސްމިސްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޑޮކްޓަރ ޢަލީ ޒާހިރަށް މަގާމުގެ ފަތްކޮޅު އަރުވާފައެވެ.

މި ރަސްމިއްޔާތުގައި ޔުނިވަރސިޓީގެ އިސް މަގާމުތަކަށްވެސް ވަނީ ބޭފުޅުން ޢައްޔަންކުރައްވާފައެވެ. އެގޮތުން އައްޔަންކުރެއްވި ބޭފުޅުންނަކީ:-

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރގެ މަގާމަށް، މާފަންނު ލައިޓްކޯނަރ-4 ޑޮކްޓަރ މަޙްމޫދު ޝައުޤީ

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރކަމަށް، މާފަންނު އެމޭޒަން ޑޮކްޓަރ ޢާއިޝަތު ޝެހެނާޒު އާދަމް

ޑޮކްޓަރ ޢަލީ ޒާހިރަކީ، ސަޢޫދީ ޢަރަބިއްޔާގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއިން، އިސްލާމްދީނާއި ޙަދީޘް ޢިލްމުގެ ދާއިރާއިން ބެޗްލަރސް ޑިގްރީއާއި، މެލޭޝިޔާގެ އިންޓަރނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން މާސްޓަރޒް ޑިގްރީ އާއި، ޕީ.އެޗް.ޑީ. ހާސިލު ކުރައްވައިފައިވާ ބޭފުޅެކެވެ. ޑޮކްޓަރ ޢަލީ ޒާހިރު، ޕީ.އެޗް.ޑީ. ހާސިލު ކުރެއްވީ އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހެރިޓޭޖް (ފިޤްހު އެންޑް އުޞޫލުލްފިޤްހު) ގެ ދާއިރާއިންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com