އައްޑޫ ސިޓީ ހިތަދޫ އަށް ނިސްބަތްވާ އަންހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ހޯދަމުން އަންނަނީ ސ. ހިތަދޫ / ކަދުރުމާގެ، އާއިޝަތު ވިސާމާ ،39، ކަމަށެވެ. ވިސާމާގެ ޚަބަރެއް ނުވެ ގެއްލިފައިވާ ކަމަށް އާއިލާ އިން ފުލުހުންނަށް ރިޕޯޓު ކުރީ މި މަހުގެ 19 ވަނަ ދުވަހު އެވެ.
ވިސާމާ މި މަހުގެ 16 ވަނަ ދުވަހު މާލެ ގޮސްފައިވާ ކަމަށާއި އޭނާގެ ޚަބަރެއް އެންމެ ފަހުން ވެފައިވަނީ މި މަހުގެ 18 ވަނަ ދުވަހު ފޯނުން ކަމަށް އާއިލާއިން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ވަނީ ވިސާމާގެ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން 3322111 އަށް ނުވަތަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9791612 އަށް ގުޅައި ހިއްސާކުރަން އެދިފަ އެވެ.