ކޮންމެ ރަށެއްގައި ވަޒީފާ އަދާކުރިޔަސް އަނބިދަރިން މާލޭގައި އުޅޭނަމަ ޝަރުތު ހަމަވާނެ: އަކްރަމް

ކޮންމެ ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެމީހެއްގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ގޯއްޗަށް، ނުވަތަ ފްލެޓަށް ކުރިމަތިލުމަށް ޝަރުތު ހަމަވާނެ ކަމަށް ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާކަމަށް ޕޯޓަލުން ދައްކާ ފަރާތްތަކުގެ މާކްސް ބަދަލުކޮށްގެން ފްލެޓް ދީފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ބުނެފައެވެ.

އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ އެންމެ ފުރަތަމަ 4،000 ފްލެޓް ލިބޭނެ ކަމަށް ސަރުކާރުން އަންގައި އާންމުކުރި ފްލެޓް ލިސްޓާގައި ގުޅިގެން 325 އަށްވުރެ ގިނަ އާންމު ރައްޔިތުންގެ ޝަކުވާތައް ލިބުނު ކަމަށެވެ.

މިކަމާ ގުޅިގެން އަކްރަމް “އެކްސް”ގައި ވިދާޅުވީ ޝަރުތު ހަމަނުވާ ފަރާތްތަކަށް ގިނައިން ޕޮއިންޓް ދީގެން ޝަރުތު ހަމައެއް ނުކުރެވޭނެ ކަމަށާއި، އޭސީސީން ކުރައްވާ ތުހުމަތުތަކަކީ ސިޔާސީ ކުލަ ޖެހިފައިވާ ތުހުމަތެއް ކަމަށެވެ. އަދި އެކަން ތަހުގީގު ނުކުރައްވާ އެހެން ހާމަކުރެއްވުމަކީ ސިޔާސީ ކުލަޖެހުން ކަމަށްވެސް ވިދާޅުވިއެވެ.

” ސިސްޓަމް ސްކޯއަކާ ވެރިފިކޭޝަމް ސްކޯއެއް ނީންނާނެ. ސިސްޓަމުން ދައްކަނީ އެޕްލިކަންޓް ނަގާފައިން އޮޕްޝަން. ވެރިފަރާ ޑިސައިޑް ކުރަނީ ފޯމުގަ ދީފަހުރި މައުލޫމާތައް ބަަލައި އޮޕްޝަން ނަގާފައި އިނީ ރަނގަޅަށްތޯ. ރަނގަޅު ނޫންނަމަ ފޯމުގެ މައުލޫމާތު ބަލައި ވެރިފަޔާރ އޮޕްޝަން ޑިސައިޑް ކުރާނެ.” އޭނާ ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ، ފްލެޓުތަކަށް ޝަރުތު ހަމަވާކަށް، މާލޭގައި ވަޒީފާ އަދާކުރާ ފަރާތަކަށް ވާކަށް ނުޖެހޭނެ ކަމަށާއި، ރަށެއްގައި ނުވަތަ ރިސޯޓެއްގައި ކޮންމެ ވަޒީފާއެއް އަދާކުރި ނަމަވެސް އެފަރާތުގެ އަނބިދަރިން މާލޭގައި ދިރިއުޅޭނަމަ ޝަރުތު ހަމަވާނެ ކަމަށެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފުލެޓް ލިބޭ 4000 މީހުންގެ ލިސްޓު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓު އާންމު ކުރުމާއެކު ވަރަށް ގިނަ ކަންބޮޑުވުންތަކެއް އެބައޮތެވެ. އެހެންވެ، މި ސަރުކާރުން ބުނެފައި ވަނީ ފްލެޓު ލިސްޓް ރިވިއު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ

Related Post

Leave a Reply

Your email address will not be published. Required fields are marked *