ރާއްޖެތެރެ މީހާއަށް ޝުޢޫރު ފާޅުކުރުމަށްޓައި މާލެ ނުދެވޭ


ޒަމާނުއްސުރެ މާލޭގެ މީހުންނާއި ދިވެހި ރާއްޖޭގެ އެހެން ރަށްތަކުގެ މީހުންނާއި ތަފާތުކުރުން ގެންގުޅުމަކީ ދިވެހިރާއްޖެ މިހާތަނަށް ދުށް ހުރިހާ ވެރިކަމެއްގައިވެސް ކަން ހިނގައިފައިވާ ގޮތެވެ. ދިވެހިރާއްޖޭގެ އާބާދީގެ ތިންބައިކުޅައެއްބައި ދިރިއުޅެމުންދާ ދިގުމިނުގައި ގާތްގަނޑަކަށް 2 ކިލޯ މީޓަރު އަދި ފުޅާމިނުގައި 1 ކިލޯމީޓަރު ހުންނަ މިރަށަކީ ދުނިޔޭގެ ގައުމު ތަކަށް ބަލާއިރު އެންމެ ބޮޑަށް ތޮތް ޖެހިފައިވާ ވެރިކަންކުރާ ރަށެވެ.
ދިވެހި ރާއްޖޭގެ ވެރިކަމުގެ ކޮއިލު ތެރޭގައި ދިވެހި ރާއްޖޭގެ އެހެން ރަށްތަކަށް ނިސްބަތްވާ މީހުން އަބަދުވެސް އުޅުނެއްކަމަކު ބާރުވެރި މަޤާމަކަށް ދެވުމުން ރާއްޖެތެރެ މަތިން ހަނދާންނެތި ދެއެވެ. ހަމައެހެންމެ ދިވެހި ރާއްޖޭގެ އެހެން ރަށްތަކުގެ އަހުލުވެރިނާ މުޙާތަބްކޮށް ދަށްކޮށްލުމުގެ ގޮތުން ” ރާއްޖެތެރެ މީހުން” މި ބީދައިން ބޭނުން ކުރެވެއެވެ. ދިވެހި ރާއްޖޭގެ ވެރިކަމުގެ ކޮއިލު ތެރޭގައި ދިވެހި ރާއްޖޭގެ އެހެން ރަށްތަކަށް ނިސްބަތްވާ މީހުން އަބަދުވެސް އުޅުނެއް ކަމަކު ބާރުވެރި މަޤާމަކަށް ދެވުމުން ރާއްޖެތެރެ މީހުން މަތިން ހަނދާންނެތި ދެއެވެ
ދިވެހި ރާއްޖޭގެ ކޮންމެ ރައްޔިތަކަށް ޤާނޫނު އަސާސީގެ ދަށުން ލިބިދޭ ހައްޤުތަކުގެ ތެރެއިން ބޭނުން އިރެއްޤައި މާލެ އަދި ދިވެހި ރާއްޖޭގެ ކޮންމެ ރަށަކަށްވެސް ދަތުރު ފަތުރު ކުރެވިދާނެ އެވެ. ރާއްޖެތެރެއަށް އުފަންވެ، ރާއްޖެތެރޭގައި އުޅެ ބޮޑުވެ، ރާއްޖެތެރޭ މިހާ ކައިރީ ސަލާންޖަހައިގެން ލިބުނު ވޯޓުން މާލޭ މިހާގެ ސަރުކާރުގެ ބޮޑު މަޤާމެއް ލިބުނީމާ، މިއަދު މާލޭ ރާނީއަށް މިވަނީ އެއްކަލަ ރާއްޖެތެރޭ މީހާގެ މަތިން ހަނދާން ނެތިފައެވެ
ރާއްޖެތެރެ މީހާއަށް ޝުޢޫރު ފާޅުކުރުމަށްޓައި މާލެ ނުދެވެންޔާ، މާލޭ މީހާ ރާއްޖެތެރެމީހާ ކައިރިއަށް ވޯޓަށް ސަލާން ޖަހަން ނާންނާށެވެ. ކުރިއަށް އޮތް ކޮމަންޑޫ ދާއިރާގެ ވޯޓުލުމުގައި ވެސް މިއީ ވިސްނާލަން ޖެހޭކަމެކެވެ. މާލޭ ރާނީ ފަދަ ބޭފުޅުންނަށް ވޯޓުދީގެން އަޅުގަނޑުމެނަށް މިއަދު މިދަނީ އެތައް ފުރައްސާރައަކާ ކުރިމަތި ވަމުންނެވެ.
