ސޮނޭވާއަށް ދީފައިވާ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ބާތިލްކޮށްފި

Spread the love

ސޮނޭވާގެ ދެ ރިސޯޓަކާއި އިތުރު ވިޔަފާރިތަކަކަށް ދީފައިވާ ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ބާތިލްކޮށްފިއެވެ.

އެމްއެމްއޭއިން ބުނީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ ލިބިފައިވާ ވިޔަފާރިތަކަށް އަމަލުކުރުން ލާޒިމުކުރާ ގަވާއިދުތަކާއި ހިލާފުވެގެން 16 ވިޔަފާރިއަކަށް ދީފައިވާ ހުއްދަ ބާތިލްކޮށްފައިވާކަމަށެވެ.

ހުއްދަ ބާތިލްކުރި ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ 8 ރިސޯޓަކާއި އެހެނިހެން ވިޔަފާރިތަކެކެވެ.

ބޭރު ފައިސާ ގަނެވިއްކުމުގެ ހުއްދަ ބާތިލްކުރި ރިސޯޓްތަކުގެ ތެރޭގައި ސޮނޭވާ ފުށި، ސޮނޭވާ ޖާނީ، ރެޑިސަން ބްލޫ، ފުރަވެރި އަދި ފިޔަވަޅު ރިސޯޓް ހިމެނެއެވެ.

މި ފަރާތްތަކަށް ދީފައިވާ ހުއްދަ ބާތިލްކުރި ސަބަބެއްކަމަށް އެމްއެމްއޭއިން ބުނަނީ ގަވާއިދާއި ހިލާފުވުން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއެވެ.

“މަނީ ޗޭންޖާ ލައިސެންސް ލިބިގެން ބޭރު ފައިސާ ގަނެ ވިއްކާ ފަރާތްތަކުން ކަންތައް ކުރަންވީ ގޮތުގެ ގަވާއިދު” ބުނާ ގޮތުން، އެ ހުއްދަ ބާތިލުކުރެވޭނެ އޮންނަނީ އެންމެ ހާލަތެކެވެ. އެއީ، އެ އުސޫލުގެ އަށް ވަނަ މާއްދާގައި ބުނާ ކޮންމެ މީލާދީ މަހެއްގައި ގަނެ ވިއްކި ފައިސާގެ ހިސާބުތައް ބަޔާންކުރާ ރިޕޯޓު ހުށަނާޅާ ނަމައެވެ.

އެމްއެމްއޭއިން ބުނީ އިސްލާހުކުރަންޖެހޭ ކަންކަން އިސްލާހުކުރުމުން އަލުން އެ ފަރާތްތަކަށް ހުއްދަ ދޫކުރާނެ ކަމަށެވެ.

ރާއްޖޭގައި ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮންނަނީ 279 ފަރާތަކަށެވެ. އޭގެ ތެރެއިން 90 ޕަސެންޓާ ގާތްކުރާ އަދަދަކަށް ހުއްދަތައް ދީފައި ހުރީ ރިސޯޓުތަކަށާއި އެހެނިހެން ޓޫރިޒަމް ވިޔަފާރިތަކަށެވެ.

 

މަސްދަރު: https://ras.mv/post/19734.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com