51 މުވައްޒަފުން ހިމެނޭ އެޗްޑީސީގެ ސެކްޝަނެއް އުވާލަނީ

Spread the love
51 Muvahzafun himeney HDC ge section eh uvaalanee

ހުޅުމާލޭގައި 51 މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ސެކްޝަނެއް އުވާލަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ނިންމައިފި އެވެ.

އެޗްޑީސީގެ މުނިސިޕަލް ޑިޕާންޓްމަންޓް ދަށުން އޮންނަ ސާވޭ އެންޑް އިންސްޕެންކްޝަން ސެކްޝަން އުވާލަނީ ވަކި ބަޔަކު ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ކަމަށް އެ ސެކްޝަނުގައި މަސައްކަތްކުރާ މުވައްޒަފުން ތުހުމަތުކުރެ އެވެ.

“ހުރިހާ”އަށް އެނގިފައިވާ ގޮތުގައި އެ ސެކްޝަން އުވާލުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް މިހާރު ވަނީ ނިންމާފަ އެވެ.

އެޗްޑީސީގެ އެސެކްޝަން އުވާލުމަށް ފަހު އެސެކްޝަން އިން ކުރަމުން އަންނަ މަސައްކަތް ފުލުހުންގެ މުއައްސަސާ އާ ހަވާލު ކުރުމަށް ވެސް ނިންމާފައިވެ އެވެ.

ސިވިލް މުވައްޒަފުން ކުރާ މަސައްކަތެއް ފުލުހުންގެ އިދާރާއިން ކުރާ ގޮތަށް އެޗްޑީސީއިން ނިންމީ އެކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް އާއި ޗީފް އޮޕަރޭޓިން އޮފިސަރު ޝާތިރު އަބުދުލްރަހުމާންގެ އެދުމަށް ކަމަށް ވެސް އެ ސެކްޝަނުގެ މުވައްޒަފުން ތުހުމަތުކުރެ އެވެ. އަދި މިކަމުގައި އެކުންފުނީގެ އެޗްއާރް މެނޭޖަރު އަހުމަދު އިލްހާން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ވެސް އެ އެ ސެކްޝަނުގެ ބައެއް މުވައްޒަފުން ބުންޏެވެ.

“މިފަދަ ނާޒުކު ކަންކަން ނިންމަނީ ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އެއްބާރުލުމާއެކު. އެތަކެއް ރައްޔިތުންގެ ވަޒީފާ ގެއްލުމާލުމަށް އެޗްޑީސީގެ ޑީއެމްޑީ އާތިފް އާއި ސީއޯއޯ ޝާތިރު މަސައްކަތް ކުރަނީ އެ މީހުން ބޭނުންވާ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި،” ސާވޭ އެންޑް އިންސްޕެންކްޝަން ސެކްޝަންގެ މުވައްޒަފަކު ބުންޏެވެ.

އޭނާ ބުނީ އެ ސެކްޝަންގެ މުވައްޒަފުންނަށް އަހަރަކު މުސާރައިގެ ގޮތުގައި ހަރަދު ވަނީ ގާތްގަނޑަކަށް 500،000 އެއްހާ ރުފިޔާ ކަމަށާއި ފުލުހުންނާ ހަވާލުކުރުމުން އެ އަދަދު 12 މިލިއަނަށް އަރާނެ ކަމަށެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި އެޗްޑީސީގެ އިތުރު ސެކްޝަންތައް އުވާލުމަށް ވެސް ނިންމާފައިވާ ކަމަށް އޭނާ ބުންޏެވެ.

މިކަމާ ގުޅޭ ގޮތުން އެޗްޑީސީގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

Content retrieved from: https://www.hurihaa.mv/10527.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com