ފްލައިން ސްކޫލުގެ ކިޔެވުން ރަސްމީކޮށް ފަށައިފި


އައްޑޫ ސިޓީގައި ހިންގާ މޯލްޑިވިއަން އޭވިއޭޝަން އެކަޑަމީގެ ކިޔެވުން ފަށައިފިއެވެ.
ޕައިލެޓުން ތަމްރީނު ކުރުމަށް އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އާއި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގުޅިގެން ހަދާފައިވާ މޯލްޑިވިއަންގެ އޭވިއޭޝަން ފްލައިން ސްކޫލު ރަސްމީކޮށް އިފްތިތާހުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ފްލައިން ކުރިއަށް ގެންދިއުމަށް ނިންމައިފައި ވަނީ ރިފްރެޝާ ޕްރޮގްރާމުގައި ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހުއެވެ. މި ސްކޫލުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.
ދަރިވަރުންގެ ފެންވަރު ބަލައި ވަޒަން ކުރުމަށް ފަހުއެވެ. މި ސްކޫލުގައި ފުރަތަމަ ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ 150 ގަޑިއިރުގެ ރިފްރެޝަރ ތިއަރީ ކްލާސްތަކަކާއި އަދި 10 ގަޑިއިރުގެ އުދުހުމުގެ ކްލާސްތަކެވެ.
