ރިސޯޓް ތަކުން ދައުލަތަށް ނުދައްކާ 1.6 ބިލިއަން ރުފިޔާ އެބައޮތް – އައިމަން


ކޮވިޑާ ގުޅިގެން ސަރުކާރުން ފަތުރުވެރިކަމުގެ ސިނާއަތަށް ދިން ވަގުތީ ލުއިތަކުގެ ތެރޭގައި ރިސޯޓް ތަކުގެ ބިމު ކުއްޔާ އެފަދަ އެހެން ލުއިތައް ދެވުނު މުއްދަތު ހަމަވިފަހުން ވެސް 2020 އަދި 2021 ގަ ވެސް ރިސޯޓްތަކުން ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ނުދައްކާ ހުރިކަން ފަޅާ އަރައިފިއެވެ.
ދައުލަތުން މި މައުލޫމާތުގެ ހިސާބު ބެލެހެއްޓިފައިވީ ނަމަވެސް ދައުލަތަށް ގެއްލުންވެފައިވާ މިބޮޑު އަދަދުގެ ފައިސާ ލިބިގަތުމުގެ ނިޔަތެއް އޮތްކަމެއް މިކަމާ ބެހޭ އެއްވެސް ފަރާތަކުން ހާމަ ކޮށްފައި ނުވެއެވެ.
މި މައުލޫމާތު ހާމަވީ ރާއްޖޭގައި ފަރުދީގޮތުން ދައުލަތް ޒިއްމާދާރު ކުރުވުމުގެ މަސައްކަތް އެންމެ ހަރުދަނާ ކޮށް ކުރައްވާ ފަރާތް ކަަމަށްވާ އައިމަން ލަތީފް ގެ ފަރާތުންނެވެ. އެމަނިކުފާނަކީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގު ބޭނުން ކުރައްވައިގެން ރައްޔިތުންނާ ގުޅުން ހުރި މިފަދަ ގިނަ މައުލޫމާތު މީސް މީޑިޔާގައި ހިއްސާ ކުރައްވާ ބޭފުޅެކެވެ.
