އިލެކްޝަން ކަމިޝަންގެ މުވައްޒިފަކު ކުއްލި ގޮތަކަށް ވަޒީފާ އިން ވަކި ކޮށްިފ

Spread the love

 

ޚަބަރު

އިލެކްޝަންސް ކޮމިޝަނުގައި ފަރުވާތެރިކަމާއެކު އެއްވެސް މައްސަލައެއް ނުޖެހި މަސައްކަތްކުރަމުންދިޔަ މުވައްޒަފަކު ކުއްލިއަކަށް ވަޒީފާއިން ވަކިކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި މިކަމާއި ގުޅޭ ވާހަކަތައް ދައުރުވަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން އެ މުވައްޒަފު ވަކިކުރީ އޮޅުވާލައިގެން ސިޔާސީ ޕާޓީއަކުން ހުށަހެޅި ފޯމްތަކެއްގެ މައްސަލަ އެ މުވައްޒަފު ކޮމިޝަނުގެ ސަމާލުކަމަށް ގެނައުމުންކަމަށް މައުލޫމާތު ލިބެއެވެ. އަދި އެކަން ފެންމަތިކުރުމުން ކޮމިޝަނުގެ އިސް ބަޔަކު އެ މުވައްޒަފާއި ޒާތީވެގެން ވަޒީފާއިން ވަކިކުރީކަމަށް މައުލޫމާތު ލިބެއެވެ.

 

ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ރެކޯޑްތައް ދައްކާގޮތުން އޭނާ ދުވަހަކުވެސް އޮފީހަށް ސަލާމް ބުނެ، ނުވަތަ ގަޑިޖެހިފައެއް ނެތެވެ. ހާޒިރުނުވާ ދުވަހެއް ނެތެވެ. އޭނާގެ މަސައްކަތާއިމެދު ކޮމިޝަނުން ބުނެފައިވަނީ މަސައްކަތަށް ވަރަށް ފަރުވާތެރި، އަދި ވަގުތުން ވަގުތަށް މަސައްކަތް ނިންމާ މުވައްޒަފެއް ކަމަށެވެ.

އެހެންކަމުން އެފަދަ ރަނގަޅު މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ކީއްވެތޯ ބުނެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި ސުވާލުކުރަމުންނެވެ. ހާއްސަކޮށް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބާއި މިކަމާއި ގުޅުމެއް އޮތް ކަމަށް ބުނެ ގިނަ ބަޔަކު ވާހަކަދައްކަމުންދާއިރު، އިލެކްޝަންސް ކޮމިޝަނުން މިކަން ދޮގުކޮށްފައެއްވެސް ނުވެއެވެ.

އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ މިމައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ހުށަހަޅައިގެން އިލެކްޝަންސް ކޮމިޝަން ޖަވާބުދާރީކުރުވާނެކަމަށެވެ. ޝިޔާމް ވިދާޅުވީ އިލެކްޝަންސަށް ސައްހަ ނޫން ފޯމު ވައްދައިގެން ޕީޕީއެމުން މެމްބަރުން މަދުކުރުމަށް ބަޔަކު މަސައްކަތްކުރަމުންދާކަމަށެވެ.

Mizaathuge kankamugai @Ahmed_Fairoox ge vahaka huree dhimaavefai. @ElectionsMv javab dhaaree kuruvaanan mikamugai. Thakuraarukoh mikamuge kanboduvun midhanee hissakuramun. Sahha noon form vahdhaigen beykaaru party thakah PPM ge memberun badhalukurumakee EC hingaa bodu jareema eh. https://t.co/ppPC7VSIqL

— Ahmed Shiyam (@Shiyamaldives) January 17, 2022
އިލެކްޝަންސް ކޮމިޝަނަށް ސައްހަ ނޫން ފޯމް ހުށަހަޅާކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު، އެކަން ހައްލު ކުރެވޭނެ ގޮތެއް ނޯންނާނެކަމަށް ކޮމިޝަނުގެ މެމްބަރުން ވިދާޅުވެއެވެ.

ބައެއް މީހުން ތުހުމަތުކުރާ ގޮތުގައި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް އިސްކޮށް ހުންނަވައިގެން އުފައްދާފައިވާ އެމްއެންޕީގެ މެންބަރުންގެ ގޮތުގައި ތިބި ގިނަ މީހުންގެ މެމްބަރޝިޕްގެ ސައްހަކަމާއި މެދު ސުވާލު އުފެދެއެވެ. އެކަން ސޯޝަލް މީޑިއާގައި ގިނަބަޔަކު އަންނަނީ ހިއްސާ ކުރަމުންނެވެ.

Ad

 

Content retrieved from: https://ras.mv/post/20048.

One thought on “އިލެކްޝަން ކަމިޝަންގެ މުވައްޒިފަކު ކުއްލި ގޮތަކަށް ވަޒީފާ އިން ވަކި ކޮށްިފ

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com