ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި ގުނޫތު ކިޔަން އަންގައިފި

އަޑުހަރުކޮށް ކިޔަވާ (ޖަހުރިއްޔާ) ނަމާދުތަކުގައި އެކަނި ގުނޫތު ނާޒިލާ ކިޔާ ގޮތަށް އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. ފަލަސްތީނަށް ނަސްރު ދެއްވުން އެދި ނަމާދުތަކުގައި ގުނޫތު ކިޔުމަށް އެންމެ ފުރަތަމަ އެންގީ މިދިޔަ ނޮވެންބަރު މަހުގެ 11ވަނަ ދުވަހުއެވެ. އެފަހަރު އެންގީ ހަމައެކަނި އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގެ ފަހު ރަކުޢަތުގެ އިޢުތިދާލުގައި ޤުނޫތު ނާޒިލާ ކިޔުމަށެވެ. ނަމަވެސް، ހަމަ އެ މަހުގެ 18 ވަނަ ދުވަހު ވަނީ ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ކޮންމެ ނަމާދަކަށް ފަހު ގުނޫތު ކިޔުމަށް…

Read More

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލައްވައިފި

ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު، މި ސަރުކާރުން އުވައިލައްވައިފިއެވެ. އިއްޔެ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރެއްވި އުސޫލުގައިވަނީ، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލުމުގެ އުސޫލުގެ ދަށުން، ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު އުވައިލައްވާފައިވާ ކަމަށާއި، އަދި އެ އުސޫލަށް ޢަމަލުކުރަން ފަށާނ،ީ ދިވެހި ސަރުކާރުގެ ގެޒެޓުގައި އެ އުސޫލު ޝާއިޢުކުރާ ތާރީޚުން ފެށިގެން ކަމަށެވެ. ބިޑްކުރުމުގެ ދަޢުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅޭގޮތަށް އޮތް އޮތުން ރައީސުލް…

Read More

24 ގަޑި އިރުތެރޭ ޕީއެންއެފްއަށް 3500 ފޯމު ހަމަކުރައްވާނެ ކަމަށް ވިދާޅުވި ބަސް މަލީހު އަނބުރާ ގެންދަވައިފި

ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އުފެއްދުމަށް މަަސައްކަތްކުރައްވަމުން ގެންދަވާ ޕީއެންއެފްއަށް 24 ގަޑިއިރުތެރޭގައި، 3500 ފޯމް ހަމަކުރައްވާނެ ކަމަށް ވިދާޅުވި ކުރީގެ މިނިސްޓަރ މަލީހް ޖަމާލުގެ ރާގު ބަދަލު، އެ އަދަދަށް ފޯމު ހަމަކުރެއްވި ނުވަނީ ޕޯޓަލުގެ އެކްސެސް ނުލިބޭތީ ކަމަށް ވިދާޅުވެއްޖެއެވެ. 24 ގަޑިއިރު ތެރޭގައި 3،500 ފޯމު ހަމަކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް، 5 ދުވަހަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރުވެސް އެ އަދަދު ހަމަކުރެވިފައި ނުވަނީ ކީއްވެތޯ ސުވާލު ދެންނެވުމުން މަލީހް ވިދާޅުވެފައިވަނީ، އުޅެނީ…

Read More

އެމްޑީޕީއާ ޖޭޕީ ގުޅިގެން މަސައްކަތް ކުރަން މަޝްވަރާކޮށްފި

ޖުމްހޫރީ ޕާޓީ (ޖޭޕީ) އެކު ކުރިއަށް ހުރި އިންތިހާބުތަކުގައި ގުޅިގެން މަސައްކަތްކުރެވިދާނެ ގޮތްތަކާއި ގުޅޭގޮތުން އެމްޑީޕީން މަޝްވަރާ ކޮށްފިއެެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން އެމްޑީޕީން ބުނީ ދެ ޕާޓީގެ ވާހަކަތަކަށް ފަހު, ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ޖޭޕީއަކީ 2015 އަހަރުން ފެށިގެން އެމްޑީޕީއާއެކު ގައުމަށް ދިމާވާ މުހިއްމު ދަނޑިވަޅުތަކުގައި ސިޔާސީ ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެކެވެ. އެމްޑީޕީން ބުނީ 2018…

Read More

ޕީއެންސީގެ ރަސްމީ އޮފީސް ހުޅުވައިފި

ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރަސްމީ އޮފީސް ސީ ޓްރެކް ހަތް ވަނަ ފަންގިފިލާގައި ހުޅުވައިފިއެވެ މީގެ ކުރިިން ޕީއެންސީން މަސައްކަތް ކުރަމުން ދިޔައީ ހ. ހުރަފާ ގޭގައި ހުރި ޕީޕީއެމް އޮފީސް ތެރޭގައެވެ. އެހެން ނަމަވެސް ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުް ގައްޔޫމް އެ ޕާޓީން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރަމުންދިޔުމާއެކު އެ އޮފީސް މިހާރު ޕީޕީއެމްއިންވެސް ބޭނުން ކުރަމުން ނުދެއެވެ….

Read More

އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، ވަކި ކުންފުންޏަކަށް ހަދަން ނިންމައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އެސްޓީއޯއިން މިފްކޯ ވަކިކޮށް ވަކި ކުންފުންޏެއްގެ ގޮތުގައި ހިންގަން ސަރުކާރުން ނިންމައިފިއެވެ. މިއަދުގެ ވަޒީރުންގެ ބައްދަލުވުމަށްފަހު ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންނާ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އެސްޓީއޯގެ ސަބްސިޑަރީއެއްގެ ގޮތުގައި މިފްކޯ އޮތް އޮތުން ނިމުމަކަށް ގެނެސް، 100 ޕަސެންޓު ސަރުކާރު ހިއްސާވާ ކުންފުންޏަކަށް ބަދަލުކުރައްވަން ނިންމަވާފައިވާ ކަމަށެވެ. “އޭގެ ބޭނުމަކީ ކުރިއަށް އޮތް ދުވަސްތަކުގައި މަސްވެރިކަމުގެ ދާއިރާ ހަރުދަނާކޮށް ކުރިއަށް…

Read More

ޗާގޯސް މައްސަލައާއި އިޒްރޭލު ޕާސްޕޯޓު މައްސަލަ ކެބިނެޓާ ހަމައަށް ގެންނާނަން: ރައީސް

ޗާގޯސް މައްސަލައާއި އިޒްރޭލު ޕާސްޕޯޓު މަނާކުރުމުގެ މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ޗާގޯސް މައްސަލަ ކެބިނެޓާ ހަމައަށް ގެންނަވާނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެކަމާބެހޭ މަސައްކަތްތައް އިދާރީ ލެވެލްއެއްގަ އޭޖީ އޮފީހުގައާއި ފޮރިން މިނިސްްރީގައި އެބަ ހިނގާ ކަމަށެވެ. “އެހެންވީމަ އެ…

Read More

ބަލަންވާ ވަރަށް ނުބަލައި މަގާމުތަކެއް ހަވާލުކުރެވުނު

ސިޔާސީ މަޤާމުތަކަށް އައްޔަން ކުރެވުނު ފަރާތްތަކުގެ ތެރެއިން މަޤާމުން ވަކިކުރި ބޭފުޅުން ވަކިކުރީ، އިދާރީގޮތުން ބަލަން ޖެހޭ ވަރަށް ނުބެލި އައްޔަން ކުރެވުމުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިގޮތަށް ވިދާޅުވެފައި މިވަނީ، މި ސަރުކާރުން އައްޔަން ކުރަމުންދާ ސިޔާސީ މަޤާމުތަކުގެ ތެރެއިން 2 މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުން މަޤާމު ހަވާލުކުރެވުނުތާ ހަފްތާއެއް ނުވެ ވަކިކޮށްފައިވާ ދަނޑިވަޅެއްގައެވެ. މި ބޭފުޅުން މަޤާމުން ވަކިކުރި ސަބަބެއް އޭރު ހާމަކޮށްފައެއް ނުވެއެވެ. ” އަޅުގަނޑު އައްޔަން…

Read More

އެމްޑީޕީއާ އަދާލަތު ޕާޓީއާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި!

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ، އެމްޑީޕީއާ އަދާލަތު ޕާޓީއާއި ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ. އެމްޑީޕީން މިރޭ ބުނީ ކުރިއަށް ހުރި އިންތިޚާބުތަކުގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީއާ ޢަދާލަތު ޕާޓީ އާއިއެކު ގުޅިގެން މަސައްކަތްކުރުމާމެދު މަޝްވަރާ ކޮށްފައިވާ ކަމަށެވެ. މިގޮތުން ކުރިއަށް ހުރި އިންތިހާބު ތަކުގައި ދެ ޕާޓީ ގުޅިގެން ކުރެވިދާނެ ކަންކަން ދެނެގަތުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ޢަދާލަތު ޕާޓީއަކީ 2015 ވަނަ އަހަރުން ފެށިގެން އެމްޑީޕީއާއެކު ގިނަ…

Read More

އިންޑިއާއާއެކު ހެދި 100 އަށްވުރެ ގިނަ އެއްބަސްވުން އަދި ދިރާސާކޮށް ނުނިމޭ

އިންޑިއާއާއެކު ރާއްޖެއިން ހެދި 100 އަށްވުރެ ގިނަ އެއްބަސްވުން އަދި ދިރާސާކޮށް ނުނިމޭ ކަމަށާއި އެއްވެސް ކަމެއްގައި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމެއް އޮތްނަމަ އެކަމެއް ހައްލުކުރަން ބޭނުންވާ ކަމަށާއި ހައްލު ނުވާ ކަމެއް އޮވެގެން ނުވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް ދަންނަވާފައިވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ހަވީރު ބޭއްވެވި…

Read More

އާމްދަނީ ހޯދުމަށް ކައުންސިލްތަކުން އެދޭ ރަށްތައް ލިބޭނެ ގޮތް ހަމަޖައްސަވައިފި

ކައުންސިލްތަކުން އެދޭ، އެއަތޮޅެއްގައި ހިމެނޭ ރަށްރަށާއި ފަޅުތަކުގެ ތެރެއިން، އާމްދަނީ ހޯދުމަށް އެކައުންސިލަކަށް ރަށެއް ނުވަތަ ފަޅެއް ވަކި އުސޫލުތަކެއްގެ ދަށުން ލިބޭނެގޮތެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ހަމަޖައްސަވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވުމަށް މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކުގެ އިޚުތިޞާޞްގެ ދަށުގައި، މިހާރު އެރަށަކުން ފެށިގެން 700 މީޓަރާ ދެމެދުގައި ހިމެނޭ…

Read More
Social Media Auto Publish Powered By : XYZScripts.com