ހުޅުމާލޭގައި ޤާއިމުކުރި ސޯލަރ ޕީވީތަކުން ކަރަންޓު އުފައްދަން ފަށައިފި

ހުޅުމާލޭގައި ޤާއިމުކޮށްފައިވާ ސޯލަރ ޕީވީތަކުގެ ޢަމަލީ މަސައްކަތް ނިމި އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށަފައިފިއެވެ. މި ސޯލާޕެނެލްތައް ގާއިމްކޮށްފައިވަނީ އެސްޕަޔަރ ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައެވެ. މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީން ވިދާޅުވީ ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ގާއިމުކޮށްފައިވަނީ 400 ކިލޯވޮޓްގެ ސޯލާރ ޕީވީ ކަމަށެވެ. އަދި ހުޅުމާލޭ ލިންކް ރޯޑްގައި އަދި ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ސޯލަރ ޕީވީ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް […]

Read More

ފަރުކޮޅުފުށީގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި

ހުޅުމާލެ ފޭސް ދޭއްގެ، ފަރުކޮޅުފުށީގައި ނާސަރީއެއްގެ ގޮތުގައި ބޭނުންކުރާ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ، އަލިފާންގަނޑު ނިއްވާލައިފިއެވެ. އެމްއެންޑީއެފުން ބުނީ ފަރުކޮޅުފުށީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމަށް ރިޕޯޓްކޮށްފައި ވަނީ މިއަދު ހަވީރު 5:07 ހާއިރު ކަމަށެވެ. މައުލޫމާތު ލިބުމާއެކު ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ހުޅުމާލެ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެ އަލިފާންގަނޑު ނިއްވާލުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. މި ހާދިސާގައި އެއްވެސް ފަރާތަކަށް އަނިޔާވެފައިނުވާ ކަމަށް އެންއެންޑީއެފުން މައުލޫމާތު ދެއެވެ. […]

Read More

އެޗްޑީސީ ކުންފުނީގެ ދަށުގައި ހުޅުމާލެ ބޭއްވުމާ ބެހޭ މައްސަލައިގެ ހުކުމް މިއަދު ހައިކޯޓުގައި!

މާލެ ސިޓީ ކައުންސިލުން ހުޅުމާލެ ބިމުގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރި މައްސަލައިގެ ހުކުމް މިއަދު އިއްވަން ހައިކޯޓުން ނިންމައިފިއެވެ. ހުޅުމާލޭ ބިމުގެ ރަޖިސްޓްރީ މާލެ ސިޓީ ކައުންސިލުން ބާތިލް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައިވަނީ ހުޅުމާލޭގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް އެޗްޑީސީން ދެކޮޅު ހެދި ފަހުންނެވެ. ރަޖިސްޓްރީ ބާތިލް ކުރި މައްސަލާގައި އެޗްޑީސީން ސިވިލްކޯޓަށް މައްސަލަ ހުށހެޅުމުން ސިވިލްކޯޓުން ވަނީ މައްސަލަ ނިމެންދެން ނިންމުމަށް […]

Read More

ހުޅުމާލޭގެ ރަޖިސްޓްރީގެ މައްސަލަ ހައިކޯޓުގައި ފަށަނީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދީފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމަށް ނިންމި ނިންމުމަށް ޢަމަލުކުރުން ފަސްކުރުމަށް ސިވިލް ކޯޓުން ކުރި ހުކުމްގެ މައްސަލަ ހައިކޯޓުގައި ފަށަން ތާވަލުކޮށްފިއެވެ. ސިވިލް ކޯޓުގެ ނިންމުން ސިޓީ ކައުންސިލުން ހައިކޯޓުގައި އިސްތިއުނާފް ކުރީ މިދިޔަ ޑިސެމްބަރު 29 ވަނަ ދުވަހުއެވެ. އިސްތިއުނާފް އަޑުއެހުންތައް ފެށުމަށް ނިންމާފައިވަނީ އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 9:15 ގައެވެ. އެޗްޑީސީން ކޯޓަށް ވެއްދި މައްސަލާގައި ހުށަހަޅާފައިވަނީ މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރުމާ […]

Read More

ގާޑުން ބައިތިއްބައިގެން ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓުތަކުގެ ސެކިއުރިޓީ ކަންކަން ބަލަހައްޓަން ފަށައިފިއެވެ. ހައުސިން ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ހިޔާގެ 16 ޓަވަރުގައި ދިރިއުޅޭ ފަރާތްތަކަށް ކުރިމަތިވާ ސަލާމަތީ ނުރައްކާތަކާއި އެފަދަ ކަންކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން އެ ފްލެޓުތަކުގެ ސެކިއުރިޓީ ބަލަހައްޓަން ފަށާފައިވާކަމަށެވެ. އެ ކުންފުނިން ބުނީ މިއަދުން ފެށިގެން 24 ގަޑިއިރު އެ ފްލެޓުތަކުގައި ސެކިއުރިޓީ ގާޑުން ތިބޭނެއެވެ. ޖުމްލަ 25 ބުރީގެ ހިޔާ ފްލެޓްތަކުގައި މީހުން އާބާދުވާން ފަށާފައިވާތާ […]

Read More
maldives-president-Ibrahim-Muhammad-Solih

މާލޭ ރައްޔިތުންނަށް ގުޅީފަޅު، ހުޅުމާލެ ނޫން އެހެން ފަޅުތަކުން ވެސް ގޯތި ދެއްވާނެކަމަށް ރައީސް ވިދާޅުވެއްޖެ.

ބިމާ ބެހޭ ބަހުސްތައް މީސް މީޑިޔާގައި ހިނގަމުންދާ ދަނޑިވަޅެއްގައި މާލޭގެ ރައްޔިތުންނަށް ހާއްސަކޮށްގެން ގިނަ އަދަދެއްގެ ގޯތި މި ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން މިއަދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވައިފި އެވެ. ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 60 ގޯތި ވިއްކަން ހުޅުވާލުމާއެކު ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައިވަނިކޮށް ރައީސް ސޯލިހު ވިދާޅުވީ މާލޭ ރައްޔިތުންނަށް އޮތް ގޯތި ގެދޮރުގެ މައްސަލައަކީ މި ސަރުކާރުން ހައްލު ހޯދައިދޭނެ ކަމެއް ކަމަށެވެ. ރައީސް ފާހަގަ ކުރެއްވި ގޮތުގައި ހުޅުމާލޭގައި […]

Read More
Social Media Auto Publish Powered By : XYZScripts.com