
6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން، އެންމެ ގިނައީ ރަޝިއާ މީހުން
މިއަހަރުގެ ފުރަތަމަ 4 މަސްދުވަސް ނިމުމުގެ ކުރިން ރާއްޖެއަށް 6 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު މަހެއްގެ މައްޗަށް ލައްކައަކަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. މިމަހުގެ ފުރަތަމަ 19 ދުވަހު ވަނީ 102،000 އަށްވުރެ ގިނަ ފަތުރުވެރިން އައިސްފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 626،392 ފަތުރުވެރިން ވަނީ އައިސްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %18.8 އިތުރު އަދަދެކެވެ. […]