
ބިކިނީ ބީޗާ ބެހޭގޮތުން މަޝްހޫރު ލިޔުންތެރިޔާ އޮގަރު ވަހީދު ދެކިވަޑައިގަންނަވާ ގޮތް
މިރާއްޖެއިން މިހާރަކަށްއައިސް އިވޭ އަޑަކާއި ފެންނަ މަންޒަރެކެވެ. މީހުން އުޅޭ ރަށްރަށުގައި ހަދައިފައި ހުންނަ ގެސްޓުހައުސްތަކަށް އަންނަ ފަތުރުވެރީންގެ ތެރޭގައި ހިމެނޭ އަންހެނުން މޫދަަށް އެރިލައި، އަތިރިމަތީގައި އަވީލެވި، މިކަހަލަ ކަންކަން ކޮށްލާން އެ ރަށްރަށުގެ އަތިރިމަތީން ބައެއް ޚާއްޞަކުރާން ޖެހޭ ވާހަކައެވެ. ސަބަބަކަށް ވަނީ، ނުވަތަ ސަބަބެއް ކަމުގައި ބުނެވެނީ، މިދެންނެވި ޒާތުގެ އަންހެނުން ބިކިނީލައިގެން އަތިރިމަތީގައި އުޅޭ ވާހަކައެވެ. ބިކިނީގެ ނިވާކަން ކުޑަކަމުން ދިވެހިރާއްޖޭގެ ތަފާތު އެކި ހަމަތަކަށް ހުރަސްއެޅޭ ވާހަކައެވެ. މައިންދަރީންނަށް ލޯހުޅުވައިލާން…