ފެނަކައިގެ މުވައްޒަފުން އަމިއްލަ ޚަރަދުތަކަށް ކުންފުނީގެ ޕެޓީކޭޝް ބޭނުން ކޮށް ޚިޔާނާތެއް ހިންގި ގޮތް

ފެނަކަ ކުންފުނީގެ ބައެއް މުވައްޒަފުން އެ ކުންފުނީގެ އެކި މަޝްރޫޢުތައް ހިންގާ ސައިޓްތަކުގައި ބޭނުންކުރުމަށް ބަހައްޓާފައި ހުރި ޕެޓީ ކޭޝް އަމިއްލަ ޒާތީ ޚަރަދުތަކަށް ބޭނުންކޮށް ގިނަ އަދަދެއްގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާކަން ފަޅާއެރި ނަމަވެސް އެ މުވައްޒަފުންނާމެދު އެކަށީގެންވާ ފިޔަވަޅެއް އަޅާފައިނުވާކަން ހާމަވެފައިވެއެވެ. ނަމަވެސް މި ޚިޔާނާތްވެފައިވާ ގޮތާއި، އެ ފައިސާ ނެގި ގޮތުގެ ތަފުސީލުތައް މިހާތަނަށް ހާމަވެފައިނުވެއެވެ. ފެނަކަ ކުންފުނީގެ ޕްރޮޖެކްޓްސް ޑިޕާޓުމެންޓުގެ ބައެއް މުވައްޒަފުން ހިންގި މި ޚިޔާނާތުގެ ތަފުސީލުތައް ހިމެނޭ ރިޕޯޓެއް “ދިޔަރެސް”އަށްވަނީ […]

Read More

ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ތަކެއް ޓްރެވަލް އެޖެންސީއެއް އުފައްދައިފި!

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ސިޔާސީ މަޤާމުތަކުގައި ތިއްބެވި 3 ބޭފުޅަކު ގުޅިވަޑައިގެން ޓްރެވަލް އެޖެންސީއެއް އުފައްދައިފިއެވެ. އެކްއެކްސްއާރް ޓްރެވަލްސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އުފައްދާފައިވާ މި ޓްރެވަލް އެޖެންސީގެ ހިއްސާދާރުންނަކީ މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޑިރެކްޓާގެ މަޤާމުގައި ހުންނެވި އަލީ ރައްޒާނާއި، ސީނިއާ ޕޮލިސީ ޑިރެކްޓާގެ މަޤާމުގައި ހުންނެވި އިބްރާހީމް ފަރުހާދާއި، ސީނިއާ ޕޮލިސީ ޑިރެކްޓާ މުޙައްމަދު ޚުސާނެވެ. މި ތިން ބޭފުޅުންގެ ތެރެއިން ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ރަޒާނެވެ. ރަޒާނު ސީނިއާ […]

Read More

އާސަންދައަށް ކޮރަޕްޝަންގެ ކެންސަރު ޖެހިއްޖެ!

ލިވަރުގައި މައްސަލަޖެހި، ދަރިފުޅުގެ ލިވަރުން ބައެއް ނަގައި ޝަރީފުގެ ލިވަރާ ގުޅުވުމަށް އިންޑިއާގެ ކޮޗިންއަށް ގޮސް ބޮޑު އޮޕަރޭޝަނެއްކުރިއެވެ. އާސަންދައިގެ އެހީގައެވެ. އޮޕަރޭޝަން ކާމިޔާބެވެ. ވޭނުގައި އުޅުނު ދުވަސްތައް މާޒީއާ އެކުވެ ޝަރީފަށް އަލުން ދިރުން ލިބިއްޖެއެވެ. އުންމީދު އާވެއްޖެއެވެ. ހުރިހާވެސް ޝުކުރެއް ހައްގުވެގެން ވަނީ ހެއްދެވި ފަރާތަށެވެ. އެކަމަކު ޝަރީފު މިއަދު ހުރީ ވަރަށް ކަންބޮޑުވެފައެވެ. އޭނާގެ ބޭސްފަރުވާގެ ހުރިހައި ކަމެއް އާސަންދައިގެ ދަށުން، ކޮޗިންގެ އަމްރީތާ ހޮސްޕިޓަލުން ކުރަމުންދިޔައިރު، އޭނާގެ ނަމުގައި އެތައް ބައިވަރު އިސްރާފެއް […]

Read More

އަލްހާން ޕޮންޒީ ސްކީމް އެއް ހިންގާ ކަމަށް ތުހުމަތު ކުރެވިއްޖެ – މަރުކަޒީ ބޭންކުން ފިޔަވަޅު އަޅަނީ

އޮޅުވާލައިގެން ފައިސާ ހޯދަން ސޯޝަލް މީޑިއާގައި ހިންގާ ސްކީމްތަކަށް ސަމާލުވުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އިލްތިމާސްކޮށްފިއެވެ. އެ ބޭންކުން ނެރުނު ބަޔާނެއްގައި ވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ފައިދާއެއް ދޭނެކަމަށް ބުނެ އާންމުންގެ އަތުން ފައިސާ ހޯދުމަށްޓަކާ ފޭސްބުކާއި ޓެލެގްރާމުގައި ހިންގާ ސްކީމެއްގެ މައުލޫމާތު އެ ބޭންކަށް ލިބިފައިވާކަމަށެވެ. “މިފަދަ ސްކީމްތައް ހިންގާ ފަރާތްތަކުން، އާންމުންގެ ކިބައިން ނަގާ ފައިސާ އެ ފަރާތްތަކަށް އިންވެސްޓްކޮށްދިނުމުގެ ބަދަލުގައި އެ ފައިސާ ބޭނުންކުރަނީ އަމިއްލަ ބޭނުމަށް،” އެ […]

Read More

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލުން، ވެލި ނަގައި ގާއަޅައިގެން ވިއްކާތާ އަހަރެއް!

ދަނޑުވެރިކަމަށް ދޫކޮށްފައިވާ ހއ. މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި އެޅިގާ އަޅައިގެން ވިއްކަމުން ދާތާ މިހާރު އަހަރެއްހާ ދުވަސް ވެއްޖެކަމަށް ހއ. އަތޮޅުގެ ބައެއް މީހުން މައުލޫމާތު ދީފިއެވެ. އެ މަންޒަރުފެނިފައިވާ އެ އަތޮޅު ބައެއް މީހުން “ތިލަދުން”އަށް މައުލޫމާތު ދިން ގޮތުގައި މަޑުލު ތުނޑިން ގަވާއިދާ ޚިލާފަށް ވެލި ނަގައި ވިޔަފާރީގެ ގޮތުން ފުޅާ ދާއިރާއެއް ގައި އެޅިގައި އަޅައިގެން ވިޔަފާތި ކުރަމުންދާތާ މިހާރު އަހަރެއްހާ ދުވަސް ވެދާނެއެވެ. މި ނޫހަށް ވާހަކަ […]

Read More

90 ދުވަސް ހަމަވީ އިރުވެސް ކޮރަޕްޝަންގެ ދައުވާއެއް ނުކުރެވުނު – އުމަރު އަލުން ރިޔާސީ ރޭހަށް ނުކުންނަވައިފި

ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރުގެ މައްޗަށް ތުހުމަތު ކުރާ ކޮރަޕްޝަންގެ މައްސަލަ ސާބިތު ކުރުމަށް އޭނާ ދެއްވި މުހުލަތު މިއަދަށް ހަމަވެއްޖެއެވެ. ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ ފައިގައި އަޅުވާ ޓެގް ގަތުމަށް ހަވާލުކުރީ ޢުމަރުގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ދައުވާކުރަން ފޮނުވާފައިވާ މައްސަލަ ސާބިތު ކުރުމަށް އޭނާ ވަނީ 90 ދުވަހުގެ މުއްދަތެއް ދައުލަތަށް ދެއްވާފައެވެ. އެ މުއްދަތު މިއަދަށް ހަމަވާއިރު، ސަރުކާރާއި ޕީޖީ އޮފީހުން […]

Read More
Social Media Auto Publish Powered By : XYZScripts.com