
ކޯވިޑް19ގެ ދަނީ ޕެންޑަމިކްގެ ހާލަތުން އެންޑަމިކްގެ ހާލަތަށް ބަދަލު ވަމުން: ޔޫރަޕިއަން މެޑިސިންސް އޭޖެންސީ
2019ވަނަ އަހަރު ނިމެމުން ދަނިކޮށް މުޅި ދުނިޔޭގައި ފެތުރެންފެށި ކޯވިޑް19ގެ ހާލަތު، އޮމިކްރޮން ވޭރިއެންޓް ޔޫރަޕްގައި މިހާރު ފެތުރެމުންދާ މިސްރާބަށް ބަލާއިރު، ޕެންޑަމިކް (މުޅި ދުނިޔެއަށް ފެތުރިގެން ގޮސްފައިވާ ސިއްޙީ ކާރިސާ)އެއްގެ ހާލަތުން އެންޑަމިކް (ބައްރުތަކަށް ނުވަތަ ގައުމުތަކަށް ޚާއްސަވެގެން ފެތުރެމުންދާ ކާރިސާ)އެއްގެ ހާލަތަށް ބަދަލުވަމުން ދާކަމުގައި، ޔޫރަޕިއަން މެޑިސިންސް އޭޖެންސީން ބުނެފިއެވެ. އެ އޭޖެންސީން ބުނެފައިވާ ގޮތުގައި، ޔޫރަޕް ބައްރުގައި އޮމިކްރޮން ވޭރިއެންޓް ފެތުރެމުންދާ ބާރު މިނަށް ބަލާއިރު، ބަލީގެ ހާލަތު މިހާރު ބަދަލުވަމުން ދަނީ، މި ބައްޔާއި…