އިންޑިއާ ފުލުހުންނަށް ރާއްޖޭގައި ތިބެވޭނެ އެއްބަސްވުމެއް ހަދައިފި!

އިންޑިއާގެ ސަރުދާރު ވައްލާބާއި ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީއާ ދެމެދު ހެދި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކޮށްފައިވަނީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. ފުލުހުން ބުނީ، މިއަދު ސޮއި ކުރި އެއްބަސްވުމަކީ އިންޑިއާ އާއި ރާއްޖޭގެ މަސްލަހަތު ހިމެނޭ ދާއިރާތަކުން ގުޅުން ބަދަހިކޮށް، ތަރައްގީ ކުރުމަށް ކުރެވުނު އެއްބަސްވުމެއް ކަމަށެވެ. އަދި އެއްބަސްވުމުގެ ދަށުން ވަކިން ހާއްސަކޮށް، ގާނޫނު ތަންފީޒު ކުރުމާއި، އިލްމީ އަދި ރިސާޗްގެ ބޭނުމަށް ފެކަލްޓީތަކާއި ރިސޯސް މީހުން ބަދަލުކުރުމުގެ ދާއިރާއިން […]

Read More

ބޭރު ގައުމެއްގެ އަސްކަރީ ބަޔަކު ތިބޭނަމަ، ހަތިޔާރާ ނުލައި ނުތިބޭނެ: ރައީސް ޔާމީން

ބޭރު ގައުމެއްގެ އަސްކަރިއްޔާގެ ބަޔަކު، އެއްވެސް ގައުމެއްގައި ހަތިޔާރު ނުލައި ނުތިބޭނެ ކަމަށް އިދިކޮޅު ލީޑަރު، ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ރައީސް ޔާމީން މިހެން ވިދާޅުވެފައިވަނީ ޅ.ކުރެންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބިނަމަވެސް، އެމީހުންގެ އަތުގައި ހަތިޔާރެއް ނެތް ކަމަށް ޑިފެންސް މިނިސްޓްރީންވެސް، އަދި ސަރުކާރު ދިފާއު ކުރާ އެކި ފަރާތްތަކުންވެސް ދަނީ ބުނަމުންނެވެ. ރައީސް ޔާމީން މިއަދު ވިދާޅުވީ، ދުނިޔޭގެ އެކި ގައުމުތަކުގައި ބޭރުގެ އަސްކަރިއްޔާގެ […]

Read More

އިންޑިއާ އައުޓް ބިލަށް އެމްޑީޕީ ތެރޭން ވެސް ތާއީދެއް ނެތް

އެމްޑީޕީގެ ރައީސް ނަޝީދު ފެކްޝަނުން މަޖްލީހަށް ވައްދާފައިވާ “އިންޑިއާ އައުޓް” ބިލުގައި ހުރި ބައެއް ކަންކަމާއި މެދު އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުން ތާއީދު ނުކުރާ ކަމަށް، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ. “އިންޑިއާ އައުޓް” ގޮވުން ހުއްޓުވުމުގެ މަގްސަދުގައި އެމްޑީޕީއިން ވަނީ “ދިވެހިރާއްޖެއިން ބޭރުގެ ގައުމުތަކާއެކު ގާއިމްކޮށްފައިވާ ހާރިޖީ ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ފަދަ އަމަލުތައް ހުއްޓުވުމުގެ ބިލުގެ ނަމުގައި މަޖިލީހަށް ބިލެއް ހުށައެޅުމަށް ނިންމާ އެމްޑީޕީގެ ޕީޖީ […]

Read More

އިންޑިއާ ސިފައިން ބޭރުކުރޭ, ރައްޔިތުން ނުކުމެ ބޭރުކުރަންވީމަ މަންޒަރު ރީއްޗެއްނުވާނެ: މޮސްޓާ

މި ދިވެހި ޤައުމުގެ ލޮބުވެތި ރައްޔިތުން ނުކުމެ އިންޑިއާ ސިފައިން މި ފަސްގަނޑުން ބޭރުކުރަންވީމަ މަންޒަރު މާ ރީއްޗެއްނުވާނެ ކަމަށް ވިދާޅުވެ, ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު (މޮސްޓާ) ސަރުކާރަށް ބަހުގެ ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ. ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ ގިނަ ޢަދަދެއްގެ ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި ހަމައެހެންމެ އިންޑިއާއާއެކު މި ސަރުކާރުން ހަދާފައިވާ އެއްބަސްވުންތައް ސިއްރުކޮށްގެން އުޅޭތީ ރައްޔިތުންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެއީ އެ އެއްބަސްވުންތަކުގެ ސަބަބުންނާއި,…

Read More
Social Media Auto Publish Powered By : XYZScripts.com