
282،755 މީހުންނަށް ވޯޓު ލެވޭ، ލިސްޓު އާންމުކޮށްފި!
މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކޮށްފި އެވެ. ރިޔާސީ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ހަތް ވަނަ ދުވަހު އެވެ. ދެ ވަނަ ބުރު ބާއްވަން ޖެހިއްޖެ ނަމަ އޮންނާނީ އެ މަހުގެ 30 ވަނަ ދުވަހު އެވެ. އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،755 މީހުން އެބަތިއްބެވެ. އޭގެ ތެރެއިން ހިމެނެނީ 144،408 ފިރިހެނުންނާއި 138،347 އަންހެނުންނެވެ. މިއަދު އާންމުކޮށްފައިވަނީ ވަގުތީ ވޯޓާސް […]