
އާދަޔާހިލާފު ބޮޑު ހިބަރެއް؛ ރަށަށް ގެންދަން ޖެހުނީ ކަފު ޖަހައިގެން
ށ. ފުނަދޫ މަސްވެރިޔާ ހުސެން ވަހީދު ފަރުމަހަށް ދާތާ 37 އަހަރުވީ އެވެ. އެކަމަކު އޭނާގެ މަސްވެރިކަމުގެ ދިގު ހަޔާތުގައި، އެންމެ ބަރު، އެންމެ ބޮޑު މަހެއް ބޭނުނީ އިއްޔެ އެވެ. ބަރުދަނުގައި 308 ކިލޯ ހުރި އެ ހިބަރަކީ މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖޭގައި ބޭނި ކަމަށް ބެލެވޭ އެންމެ ބަރު ހިބަރެވެ. “އިއްޔެ މެންދުރު ފަހު އަޅުގަނޑު ދޯނީގައި އެކަނި މަހަށް ނުކުމެ އުޅެނިކޮށް ބޭނުނު ހިބަރެއް އެއީ. އެހާ ބަރުވުމުން، މަސް ދޯންޏަށް ނަގާކަށް […]