“މާލޭ މީހުންގެ” ވޯޓު ހޯދަން ހިލޭ ގޯތި ދިނުމާ ޢަލީ ޙުސައިންގެ ދެކޮޅު

މާލޭގެ ރައްޔިތުންނަށް ހިލޭ ގޯތި ދޫކުރުމާއި ގުޅޭގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު ޢަލީ ޙުސައިންގެ މުހިންމު ސުވާލެއް ހައުސިންގ މިނިސްޓަރަށް އަމާޒު ކުރައްވައިފިއެވެ. މާލޭގެ ރައްޔިތުންނަށް މާލެ ސަރަހައްދުން ހިލޭ ގޯތި ދޫކުރަން ނިންމާފައިވާކަމަށް ސަރުކާރުން ބުނުމާގުޅިގެން ޢަލީ ޙުސައިން ވަނީ އެކަމާދެކޮޅަށް ވާހަކަ ދައްކަވާފައެވެ. އަލީ ހުސައިނަކީ މީގެކުރިން ވެސް އެކި މުނާސަބާ ތަކުގައި މާލޭގެ ރައްޔިތުންނަށް ފްލެޓާއި ގޯތި ދިނުމާ ދެކޮޅަށް ވަކާލާތު ކުރަށްވާފައިވާ މަޖިލިސް މެންބަރެކެވެ. އެގޮތުން، ‏ދައުލަތުގެ ފައިސާ […]

Read More

“މާލޭ މީހުން” ހިތްފުރެން ދެން ހިލޭ ގޯތި ދެވޭނެތަ؟

އަހަރެންގެ ހިތަށް އަރަނީ މާލޭގެ މީހުން ހިތް ފުރެންދެން އެއްވެސް ސަރުކާރަކަށް ދުވަހަކު ވެސް ހިލޭ ގޯތި ބަހައިދެވޭނެ ހެއްޔެވެ؟ އަދި މިއީ ދުނިޔޭގެ ކޮން ގައުމެއްގެ ވެރިރަށުގައި އޮންނަ އުސޫލެއް ހެއްޔެވެ؟ މާލޭގެ ރައްޔިތަކަށް ވީތީ ވިޔަފާރިކޮށްގެން ބޮޑު އާމްދަނީ ހޯދަން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން ހިއްކާފައިވާ އެންމެ އަގު ބޮޑު ބިމުން ހިލޭ ގޯތި ދެނީ އިންސާފުގެ ކޮން ހަމަޔަކުން ހެއްޔެވެ؟ އަޅުގަނޑު ވެސް އެއްބަހެވެ؛ ބޯހިޔާވަހިކަން ނެތުމުގެ މައްސަލަ […]

Read More
hulhumale city, maldives

ހަމަ އެކަނި މާލޭ މީހުންނަށް ބިން ދިނުމަކީ ނަސްލީ ތަފާތު ކުރުން – އާއްމު ރައްޔިތުން

ހުޅުމާލެ އިން މާލޭ ރައްޔިތުންނަށް ސަރުކާރުން ބިން ވިއްކަން ނިންމި ނިންމުމަށް އާއްމު ރައްޔިތުންގެ ފާޑު ކިޔުން އަމާޒު ވެއްޖެއެވެ. ހުޅުމާލެއަކީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާއިން ހިއްކާ ބޮޑު ކޮށްފަ އޮތް ބިމަކަށް ވެފ،ަ އާއްމު އުސޫލަކުން ރާއްޖޭގެ އެެހެން ރަށް ރަށުގަ ވެސް ބިން ނުދޭތާ50 ވަރަކަށް ވެދާނެކަމަށާ، ވަކި ނަސްލަކަށް ބިން ހަމަ ޖެއްސުމަކީ ނަސްލީ ތަފާތު ކުރުން ކަމަށް އާޢްމު ރައްޔިތުން މީސް މީޑިޔާގައި ޝުއޫރު ފާޅު ކުރަމުން އެބަ ދެއެވެ….

Read More

ހުޅުމާލެ އިން ވިއްކާ ބިންތައް ހަމައެކަނި “މާލޭ” މީހުންނަށް ހާއްސަ ކޮށްފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބީލަމުގެ އުސޫލުން ހަމައެކަނި މާލޭ މީހުންނަށް ބިން ވިއްކަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ. ހުޅުމާލެ ބަލަހައްޓާ އެޗްޑީސީން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިއްކި ހުޅުމާލޭ ދެވަނަ ފިޔަވަހިން 1،603 އަކަފޫޓާއި 2،633.93 އަކަފޫޓާ ދެމެދުގެ 60 ބިމެއް ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު މިދިޔަ މަހުގެ 27 ގައި ހުޅުވާލިއިރު ކޮންމެ ރަށެއްގެ މީހަކަށް ވެސް ބިން ގަތުމުގެ ފުރުސަތު އޮތެވެ. އެކަަމަކު އެ […]

Read More
Social Media Auto Publish Powered By : XYZScripts.com