
ފޭކް ޑޮލަރު ކަން ނޭނގި ގިނަ ބަޔަކު ޑޮލަރު ގަންނަނީ
ނޫޓު އަތަށް ނެގުމަށްފަހު އަހަރެން އިނގިލި ކާއްތާލީ އެމެރިކާގެ ފައުންޑިން ފާދާ ބެންޖަމިން ފްރޭންކްލިންގެ ކޮނޑުގަ އެވެ. ފްރޭންކްލިންގެ ކޮނޑުގައި އޮތް ކޯޓުގެ އެއްވެސް ކުރަކިކަމެއް މި ސަތޭކަ ޑޮލަރުގެ ނޫޓަކުން ފާހަގައެއްނުވެ އެވެ. މޫނާ ދިމާލުން ފެންނަ އޮފު ކަމެއް ނެތުމުގެ އިތުރުން މޫނުމަތީގެ ކުލަ ވެސް ކަޅެވެ. ޔަގީނުން ވެސް މިއީ ފޭކު ޑޮލަރު ނޫޓެވެ. “މި ދުވަސްކޮޅު މި އަންނަނީ 100 ޑޮލަރުގެ މައްސަލަތައް. އެހާ ކޮމްޕްލެކްސް އެއްނޫން މި. އެކަމަކު އަނެއްހެން […]