
އިޓްލޮސްގެ ނިންމުމަށް ދިވެހި ރައްޔިތުން އަމަލުކުރުން ލާޒިމެއް ނޫން: ޣައްސާން
އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮން ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ރާއްޖެއާއި ޗާގޮސްގެ މެދުގައިވާ ކަނޑުގެ ސަރަހައްދުގެ އިން ކަނޑައަޅައި ނިންމި ނިންމުމަށް ދިވެހިން އަމަލުކުރުން ލާޒިމުކުރާ ޤާނޫނެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. އިއްޔެ އިޓްލޮސްއިން ނިންމި ނިންމުމާއެކު ކުރިން ރާއްޖޭގެ އިޤުތިޞާދީ ޚާއްޞަ ސަރަހައްދުގައި ހިމެނުނު 50،000 އެއްހައި އަކަކިލޯމީޓަރުގެ ސަރަހައްދެއް އުނިވާނެއެވެ. އެ ނިންމުމާއެކު ކުރިން ދެކުނުގެ މަސްވެރިން މަސްވެރިކަމަށް ދާ ސަރަހައްދަކަށް […]