ސަރުކާރުން ހިންގާ ޑިމޮކްރަސީއާ ބީރައްޓެހި ކަންކަން ބަލިކުރަން ލަންކާގެ އިދިކޮޅު އެއްގަލަކަށް އަރަނީ

ސްރީލަންލާގެ މިހާރުގެ ސަރުކާރުން ހިންގާ ޑިމޮކްރަސީގެ އުސޫލުތަކާ ޚިލާފް ކަންކަމާ ގުޅިގެން ކުރިމަތިލުމަށްޓަކައި، އައު އެލަޔަންސެއް އުފެއްދުމަށް އިދިކޮޅު ޕާޓީތަކުން މަޝްވަރާ ކޮށްފިއެވެ. ސްރީލަންކާގެ ޕާލަމެންޓް އިމާރާތުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި، ޕާލަމެންޓްގައި ތަމްސީލުކުރާ ހުރިހާ އިދިކޮޅު ޕާޓީތަކުން ބައިވެރިވި ކަމަށް، ސްރީލަންކާގެ މައި އިދިކޮޅު ލީޑަރު ސާޖިތު ޕްރެމަދާސަ ވިދާޅުވިއެވެ. މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ، ސަރުކާރުގެ ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ ސިޔާސަތުތަކާ، އިދިކޮޅު ހުރިހާ ޕާޓީއެއް އަތުގުޅާލައިގެން ކުރިމަތިލާނެ މާހައުލެއް އުފެއްދުމެވެ. ސަރުކާރުން […]

Read More

ލަންކާގައި ތެޔޮ ގަންނަން ދެ ކިލޯމީޓަރަށް ވުރެ ދިގު ކިއުތައް، 2 މީހަކު މަރުވެއްޖެ!

(20 މާރިޗު ކޮލަމްބޯ) – އަވަށްޓެރި ސްރީލަންކާގައި ތެޔޮ ލިބުމަށް ދަތިވެ، ތެޔޮ ގަންނަން ހަދާފައިވާ ދިގު ކިއޫތަކުގައި ތިބި މީހުންގެ ތެރެއިން ދެމީހަކު މަރުވެއްޖެ އެވެ. އެގައުމުގެ ފުލުހުންނާއި ހަވާލާދީ ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުގައި މިއަދު މަރުވެފައިވަނީ ކަޑަވަތާ ފިލިން ސްޓޭޝަންގެ ކިއޫގައި ހުރި 71 އަހަރުގެ މީހެެކެވެ. ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ މަރުވެގެން ވެއްޓުނީ ކިއޫގައި ހުންނަތާ 15 މިނެޓު ތެރޭގައެވެ. ރިކްޝޯ(ކުރޮޅި) ދުއްވައިގެން ލާރި ހޯދަމުންދިޔަ 70 އަަހަރުގެ އެމީހާއަކީ ހަކުރު ބަލި […]

Read More

ތެލަށް ޖެހިފައިވާ ލަންކާ އަށް ސައުދީ ޙާރިޖީ ވަޒީރު ކުއްލި ދަތުރުފުޅެއް ކުރައްވައިފި.

ސައުދީ އަރަބިއްޔާގެ ފޮރިން މިނިސްޓަރު އަމީރު ފައިސަލް ބިން ފަރުހާން ރަސްމީ ދަތުރެއްގައި އިއްޔެ ސްރީ ލަންކާއަށް ވަޑައިގެންފި އެވެ. މިއީ ފައިސަލް ރަސްމީ ގޮތުން ލަންކާއަށް ކުރައްވި ފުރަތަމަ ދަތުރެވެ. ސައުދީގެ ޙާރިޖީ ވަޒީރު ލަންކާއަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ލަންކާގެ ޖަސްޓިސް މިނިސްޓަރު އަލީ ސާބިރާއި ސައުދީއިން ލަންކާއަށް ކަނޑައަޅާފައި ހުންނަވާ އެމްބެސަޑަރު އަބްދުއްނާސިރު އަލްހާތިމީ އެވެ. ލަންކާގެ ނޫސްތަކުން ބުނީ ސައުދީގެ ފޮރިން މިނިސްޓަރުގެ ދަތުރުގައި ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސާ […]

Read More

ލަންކާ: ކޮވިޑްގައި މަރުވާ މީހުން ވަޅުލަން ލުއިތަކެއް ދީފި

ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް މީގެ ކުރިން ކަނޑައަޅާފައި ވާ ހަރުކަށި އުސޫލަށް، ސްރީލަންކާގެ ސަރުކާރުން ލުއި ދީފިއެވެ. އެގޮތުން ސްރީލަންކާގެ ކޮންމެ ގަބުރުސްތާނެއްގައިވެސް ކޮވިޑްގައި މަރުވާ މީހުންގެ ހަށިތައް ވަޅުލުމުގެ އިޒުނަ، އެ ގައުމުގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު ސާވިސަސް ޑރ އަސޭލާ ގުނަވަރްދަނާ ވަނީ ދެއްވާފައެވެ. ސްރީލަންކާގެ މެޑިކަލް ޓެކްނިކަލް ސާވިސަސްގެ ޑައިރެކްޓާ ޑރ އަންވަރު ހަމްދާނީ ވިދާޅުވީ، ކޮންމެ ގަބުރެސްތާނެއްގައިވެސް ވަޅުލުމުގެ ފުރުސަތު […]

Read More

ލަންކާ އިން ތެޔޮ ހުސްވީ ކޮވިޑާ ގުޅިގެން ގައުމު މާ ބޮޑަށް ބަންދު ކުރުމުން

ލަންކާގެ ޙަބަރުތައް ދިރާސާ ކުރައްވާ ފަރާތްތައް ވިދާޅުވާ ގޮތުން ލަންކާ އަށް މިހާލު ދިމާވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުންނެވެ. މިގޮތުން ކޮވިޑާ ގުޅިގެން މާބޮޑަށް އިގްތިސޯދު ބަންދު ކުރުމާއި

Read More
Social Media Auto Publish Powered By : XYZScripts.com