
ރޮނާލްޑޯ ސައުދީން ޑީޕޯޓުކޮށްލުމަށް ގޮވާލައި ޕެޓިޝަނެއް ހުށަހަޅަނީ
ސައުދީ އަރަބިއްޔާއިން، އެ ގައުމުގެ ފުޓުބޯޅަ ލީގުގައި ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ ޑީޕޯޓުކޮށްލުމަށް ގޮވައިލައި، އެ ގައުމުގެ ޕަބްލިކް މިނިސްޓްރީއަށް ޕެޓިޝަނެއް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް، ސައުދީ ވަކީލެއް ކަމުގައިވާ ނޫފް ބިން އަހްމަދު ބުނެފިއެވެ. ރޮނާލްޑޯ ޑީޕޯޓުކޮށްލުމަށް މަސައްކަތްކުރާނެކަން ނޫފް ބިން އަހްމަދު ހާމަކޮށްފައި މިވަނީ، މިދިޔަ ބުދަ ދުވަހު ސައުދީ ލީގުގައި، ރޮނާލްޑޯގެ އަލް ނަސްރު، އަލް ހިލާލް އަތުން ބަލިވި މެޗުގައި ހިނގައިދިޔަ ކަންތައްތަކަކާ ގުޅިގެންނެވެ. އެގޮތުން އެ މެޗުގައި ރޮނާލްޑޯ ވަނީ، އަލް […]