
ޑީއެޗްއެލް އިން ގެނައި ޕާރުސަލެއްގައި ކިލޯއެއްހާ ޑްރަގްސް: ދައުވާލިބުނު ތިން މީހުން ސަލާމަތްވެއްޖެ
ޑީއެޗްއެލް މެދުވެރިކޮށް ޕާރުސަލެއްގައި ފޮރުވައިގެން ކިލޯއެއްހާ ޑްރަގް އެތެރެކުރި މައްސަލާގައި ދައުލަތުން ދައުވާކުރި ތިން މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު ޑީއެޗްއެލް މެދުވެރިކޮށް ގެނައި ޕާރުސަލެއްގައި ހުރި ބެޑްޝީޓްތަކެއްގައި ފޮރުވައިގެން 990 ގްރާމްގެ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި މަސްތުވާތަކެތި ރާއްޖެ އެތެރެ ކުރުމުގެ ދައުވާ ދައުލަތުން އުފުލީ ތިން ދިވެއްސެއްގެ މައްޗަށެވެ. އެއީ އެތަކެއްޗާ ހަވާލުވި މީހާ އާއި އެ މީހާ ގާތު، އެތަކެއްޗާ […]