
އަދުގެ ދުނިޔެ: ކްރައިމިއާއަކީ ރޫސީންގެ ތަނެއް ނޫނެވެ. ޔުކްރޭނުގެ ތަނެއްވެސް ނޫނެވެ. މުސްލިމުންގެ ތަނެކެވެ.
ޔުކްރޭނާއި ރަޝިޔާގެ އަރައިރުންތަކުގެ ފަހަތުގައިވާ ސަބަބުތަކުގެ ތެރެއިން އެންމެ ބޮޑު އެއްސަބަބަކީ ކްރައިމިއާގެ މިލްކުވެރިކަމުގެ މައްސަލައެވެ. ޔޫރަޕުގެ ބައްރުގެ ތެރެއިން މުއްޔެއްގެ މިސާލުގައި ބްލެކްސީގެ ތެރެއަށް ނުކުމެފައިވާ ކްރައިމިއާގެ ބޮޑުމިނަކީ ހަތާވީސްހާސް އަކަ ކިލޯމީޓަރެވެ. އެއީ ކިހާވަރެއްގެ ބޮޑުމިނެއްތޯ ބަލަންޏާ ބައެއް ގައުމުތަކުގެ ސައިޒަށް ނިސްބަތްކުރަމާބަހީއެވެ. ޔޫރަޕުގެ ގައުމުތަކުގެ ތެރެއިން އުތުރު މެސެޑޯނިޔާއާއި ސްލޮވީނިޔާއާއި ސައިޕްރަސްއާއި ލަގްޒެމްބޯގަށްވުރެ ކްރައިމިއާ ބޮޑެވެ. އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިޒްރޭލާއި ލުބުނާނާއި ކުވޭތާއި ގަތަރަށްވުރެވެސް ކްރައިމިއާ މާބޮޑެވެ. ކްރައިމިއާގެ ވަށައިގެންކަހަލަ ގޮތަކަށް […]