ލައިސަންސު ނެގުން ހުޅުމާލެއަށް ބަދަލުކޮށްފި



ހުޅުމާލޭގައި ތަރައްގީކުރި ޑްރައިވިން ސްކޫލް
ލައިސަންސު ނެގުމަށް ފަރިތަކުރުމުގެ ގޮތުން ދުއްވުން ހުޅުމާލޭގައި އަލަށް ހެދި ސަރަހަށްދައް ބަދަލުކޮށްފިއެވެ.
ކުރިން މާލޭ އިންޑަސްޓްރިއަލް ޒޯންގައި ދުއްވަން ދަސްކުރުމަށް ދުއްވުމަށް ފުރުސަތު ދިންނަވެސް މިހާރު އެ ބިމުގައި ތިލަމާލެ ބްރިޖު އެޅުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ.
އެއްގަމު އުޅަނދުތައް ދުއްވުމަށް އިއްޔެއާ ހަމައަށް ވެސް ޓެސްޓުތަކާއި ފަރިތަކުރުމަށް ދުއްވުން ކުރިއަށް ގެންދިޔައީ އިންޑަސްޓްރިއަލް ޒޯންގައެވެ.
ސިޓީ ކައުންސިލުން ހުޅުމާލޭގައި ތަރައްގީކުރި އެއްގަމު އުޅަނދު ދުއްވާ ޓްރެކުގެ ވަރަށް ބޮޑުބައި ވަނީ ނިންމާފައެވެ.
ހުޅުމާލެ ފިތުރޯނުގަސް މަގުގައި ޕޯޓާ ޖެހިގެން އޮންނަ ހުސް ބިމުގައި ތަރައްގީކުރި އެ ޓްރެކުގެ މަސައްކަތް އެއްކޮށް ނިމޭއިރު ދެ ފާހާނާ އާއި ވެއިޓިން އޭރިއާ ވެސް ގާއިމުކުރެވޭނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.
Content retrieved from: https://sun.mv/161566.
