މާފިލާފުށީގައި ސިފައިންގެ ތަމްރީނު ހަދަމުންދިޔަ ދެ މީހަކަށް އައިޖީއެމް ހޮސްޕިޓްލަގައި ފަރުވާދޭން ފަށައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރު (އެމްއެންޑީއެފް)ގެ ތަރުޖަމާނު ވަނީ ދެ ދަރިވަރަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާކަން މީޑިއާއަށް ކަށަވަރުކޮށްދީފައެވެ.
މި ދެ ދަރިވަރުން ފަރުވާއަށް މާލެ ގެނެސްފައިވަނީ ކޮން ކަހަލަ ހާދިސާއެއް ހިނގައި، ކޮން ކަހަލަ ޞިއްޙީ މައްސަލަތަކެއް ދިމާވެގެންކަން އެމްއެންޑީއެފްއިން ސާފުކޮށްދީފައެއް ނުވެއެވެ. އަދި އެ ދެ މީހުންގެ މިހާރުގެ ހާލަތުވެސް ސާފުކޮށްދީފައި ނުވެއެވެ.

ސިފައިންގެ ތަމްރީނު ފުރިހަމަކުރަމުންދިޔަ ދެ މީހަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު، ދާދި ފަހުން ވަނީ އެ ތަމްރީނު ފުރިހަމަކުރަމުންދިޔަ ދިވެއްސަކު ނިޔާވެފައެވެ.
ގދ. ގައްދޫއަށް ނިސްބަތްވާ ޕްރައިވެޓް މުހައްމަދު ރާފިލް ރަބީލް ނިޔާވެފައިވަނީ، ނޭވާލުމަށް އުނދަގޫވެގެން އަވަސް ފަރުވާ ދިނުމަށް ފަހު، ޅ. ނައިފަރު ހޮސްޕިޓަލަ އިތުރު ފަރުވާ ދެމުންދަނިކޮށެވެ.

ތަޖުރިބާ ކާރުން ވިދާޅުވާ ގޮތުގައި މިހާރަކަށް އައިސް މި ގިނައިން ދިމާވާ ހިތުގެ މައްސަލައަކީ ކޮވިޑް ވެކްސިން ޖެހުން މަޖްބޫރު ކުރުވުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ކޮވިޑް ވެކްސިން ޖެހުމުގެ ސަބަބުން މަޔޯކާޑައިޓީސް ކިޔާ ހިތުގެ ބައްޔެއް ޖެހޭ ކަން ސާބިތު ވެފައި ވެއެވެ. އަދި މިއީ ދާއިމީ ގޮތަށް ހިތަށް ލިބޭ ގެއްލުމަކަށް ވުމުން މި ކަންތަކުގެ ސަބަބުން އުމުރު ދުވަހަށް ބޭސް ކާން ޖެހި ބަލި މީހަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

 

Related Post

Leave a Reply

Your email address will not be published. Required fields are marked *