ދިވެހިރާޢްޖޭގެ ޤައުމީ އެއާލައިން މޯލްޑިވިއަންއަށް ބައި ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވެފައިވާ ކަމަށް އޮޑިޓު ރިޕޯޓުތަކުން ދައްކައިފިއެވެ.


މޯލްޑިވިއަންގެ 2020 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކާގޮތުގައި އަހަރު ނިމުނު އިރު އެ ކުންފުންޏަށް 572،463،118 ރުފިޔާގެ ގެއްލުންވެފައިވެއެވެ. މިއީ އެ ކުންފުންޏަށް ތާރީހުގައިވެސް ނުވާވަރުގެ ބޮޑު ގެއްލުމެކެވެ. އެ ކުންފުނީގެ އިސް ފަރާތްތަކުން ބުނެފައިވާ ގޮތުގައި އެ ގެއްލުން ކުރިމަތިވެފައިވަނީ ކޮވިޑު-19 ގެ ސަބަބުންނެވެ. އެހެންނަމަވެސް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ބައެއް ބޭފުޅުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ކޮވިޑު-19 އައުމުގެ މާކުރިންވެސް މޯލްޑިވިއަންގެ ހާލަތު ވަނީ ދަށަށް ދާން ފަށާފައެވެ. އޭގެ އެންމެ ބޮޑު އެއް ސަބަބަކީ ޤާބިލު ނޫން ފަރާތްތަކެއް ކުންފުނީގެ އިސް މަޤާމުތަކަށް އައްޔަން ކުރުން ކަމަށް ކުރިން ޓުވިޓަރގައި ހިޔާލުފާޅުކޮށްފައިވާ އޭވިއޭޝަން ދާއިރާގެ ބޭފުޅުން ފާހަގަކުރައްވާފައިވެއެވެ.

މޯލްޑިވިއަން އަށް ބޮޑު ގެއްލުމެއް ވެފައިވާއިރު އެ ކުންފުނި ވަނީ ވަރަށް ބޮޑަށް ދަރާފައެވެ. އެ ކުންފުނި އެންމެ ބޮޑަށް ދަރާފައި އޮތީ ސްޓޭޓް ބޭންކް އޮފް އިންޑިއާއަށެވެ. މިގޮތުން 2020 ވަނަ އަހަރު މޯލްޑިވިއަން އިން ވަނީ އެ ބޭންކުން 17.3 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައެވެ. 3 އަހަރު ތެރޭގައި އަނބުރާ ދައްކާގޮތަށް ނެގި މި ލޯނަކީ 8 އިންސައްތަ އިންޓާރެސްޓު ރޭޓުގައި ނެގި ލޯނެކެވެ. މީގެ އިތުރުން މޯލްޑިވިއަންގެ މައި ކުންފުނި އައިލޭންޑް އޭވިއޭޝަން ސާވިސް އަށް އެސްބިއައި އިން ދޫކޮށްފައިވާ އޮވަރ ޑްރާފްޓް ފެސިލިޓީގެ އަދަދު ވަނީ 46.2 މިލިއަން ރުފިޔާއަށް އިތުރުކޮށްފައެވެ. އޮވަރ ޑްރާފްޓް ފެސިލިޓީއަކީވެސް ހަމަ ދަރަނީގެ ބާވަތެކެވެ. މި ފައިސާ ނަގާފައިވަނީ މޯލްޑިވިއަންގެ ދުވަހުން ދުވަހަށް ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.

މި ލޯނުތައް ނެގުމަށް މޯލްޑިވިއަން އިން ވަނީ 6 މަތިންދާ ބޯޓު ރަހުނުކޮށްފައެވެ. ލޯނު ނުދެއްކިއްޖެނަމަ މަތިންދާބޯޓުތައް ވިއްކާލުމުގެ ހައްޤު އެސްބީއައި އަށް ލިބޭނެއެވެ.

ކުންފުނީގެ ޖުމްލަ ދަރަނި 2 ބިލިއަން ރުފިޔާގައި މިހާރު ހުރި އިރު، މޯލްޑިވިއަންގެ އިސްވެރިންނަށް އާދަޔާ ހިލާފު ބޮޑު މުސާރަދެއެވެ.

Content retrieved from: https://dhiyares.com/35826.

Related Post

Leave a Reply

Your email address will not be published. Required fields are marked *