ތިންދޫން މީހުން ބޭލި ހާދިސާ ތަހުގީގު ކުރުމަށް ޓީމެއް ތިނަދޫއަށް

Spread the love
ގދ. ތިނަދޫ އިން މީހުން ބާލައި ހިންގާފައިވާ ލާއިންސާނީ އަމަލުތަށް، އަލުން ތަހުގީގްކޮށް ބެލުމަށް އޮމްބަޑްސްޕާސަންގެ އޮފީހުން މިއަދު ތިނަދޫއަށް ޓީމެއް ހިނގައްޖެއެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ތިނަދޫއަށް މައްސަލަ ބަލަން ވަޑައިގެންް ފަސް ބޭފުޅުންގެ ޓީމުން ތިނަދޫގައި މަޑުކުރާނީ މި މަހުހެ 27 އާ ހަމައަށްކަމަށް ތިނަދޫ ކައުންސިލުން ބުނއެވެ.

ތިނަދޫ ކައުންސިލް ރައީސް ސައުދު އަލީ ވިދާޅުވީ ތިނަދޫގައި މީހުން އެރަށުން ބާލައި ހިނަގާފައިވާ ލާއިންސާނީ އަމަލުތަކުގެ، އަނިޔާލިބުނު ފަރާތްތައް މިހާރުވެސް ދުނިޔޭގައި އެބަ ތިބި ކަމަށެވެ. އޭނާ ވިދާޅުވީ އޭރުގެ ސަރުކާރުން ތިނަދޫއަށް އަރައި، މީހުންގެ ގެދޮރާއި ފުރާނައަށް ގެއްލުންދީ މީހުން ރަށުން ބޭލި މައްސަލަ ބަލާ ރަނގަޅަށް ތަހުގީގް ކުރެވިއްޖެ ނަމަ އިންސާފް ލިބިގެން ދާނެކަމަށެވެ.

ގދ.ތިނަދޫން މީހުން ބާލާފައިވަނީ 1962 ވަނައަހަރު ފެބްރުއަރީ 2 ވަނަދުވަހުއެވެ. އެނބުރި އެރަށަށް މީހުން އެރުމަށް ސަރުކާރުން ހުއްދަދިނީ 22 އޮގަސްޓް 1966 ގައެވެ. އެރަށުން މީހުން ފައިބަންވެސް އަދި އެރަށަށް މީހުން އެރުމަށްވެސް އަމުރު ކުރެއްވީ އޭރުގެ ބޮޑުވަޒީރު އިބްރާހީމް ނާސިރު އެވެ.

ތިނަދޫގައި އަލަށް އާބާދުވިތާ 55 އަހަރުފުރުން މިއަހަރު ވަނީ ފާހަގަ ކޮށްފައެވެ.

ރާއްޖޭގެ ތާރީހުގައި އެވަރުގެ އަނިޔާވެރި ޖަރީމާއެއް ހިންގާފައި ނުވާކަމަށް ގިނަ ބަޔަކު ދެކެއެވެ. އަދި އެއީ ތާރީހުގައި ލިޔެވެން ޖެހޭ ވާހަކަ ތަކެއް ކަމަށްވެސް ދެކެއެވެ.

Content retrieved from: https://cnm.mv/news/43386.

Leave a Reply

Your email address will not be published. Required fields are marked *

Social Media Auto Publish Powered By : XYZScripts.com