ވަކި ގޮތަކަށް ފިކުރު ހުންނާތީ ސިފައިންގެ ވަޒީފާއިން ބައެއް މީހުން ވަކިކުރަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާ އާއި ބައެއް ނޫސްތަކުން ފަތުރަމުންދާ ހަބަރުތައް، އެެމްއެންޑީއެފްއިން މިރޭ ދޮގުކުރިނަމަވެސް، ހަސަން ޒިހާން ސިފައިންގެއިން ވަކިކުރި ސީދާ ސަބަބެއް ބަޔާންކޮށްދެއްވާފައެއް ނުވެއެވެ.

އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓް، ފަސްޓް ލެފްޓިނެންޓް ހަސަން ޒިހާން، ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުންނާއި ސޯޝަލް މީޑިޔާގައި ރިޕޯޓްކޮށްފައިވެއެވެ.

އޭނާ ވަޒީފާއިން ވަކިކުރީ ކޮން ސަބަބަކާ ހުރެ ކަން އެނގިފައިނުވި ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރި ފަހުން މި ސަރުކާރަަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި އޭނާ ޕޯސްޓުތަކެއް ދަނީ ކުރަމުންނެވެ. އަދި އިންޑިއާގެ ނުފޫޒު ދިވެހި އަސްކަރިއްޔާގެ މައްޗަށް އޮތް ކަމަށް ބުނެ އޭނާ ގެންދަނީ ތުހުމަތުތައް ކުރަމުންނެވެ.

އެ ހަބަރުތައް ދޮގުކޮށް އެމްއެންޑީއެފްގެ މީޑިއާއިން ވިދާޅުވެފައިވަނީ، 3 ނޮވެމްބަރު 2 021ގައި ތައާރަފްކުރި އަސްކަރީ އަދުލުގެ ނިޒާމުން ބޭރުން އެއްވެސް ސިފައިންގެ މީހަކާ މެދުގައި ފިޔަވަޅު އަޅާފައި ނުވާނެ ކަމަށެވެ.

އެ ނިޒާމު ތައާރަފް ކުރުމާއެކު އަސްކަރީ ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް ބަލައި ތަހުގީކޮށް ފޮނުވަނީ މިލިޓަރީ ޖަސްޓިސް ކައުންސިލަށް ކަމަށާއި، އެ ކައުންސިލުން މައްސަލަތައް ނިންމުމުގައި މައްސަލަ ރައްދުވާ ސިފައިންގެ މީހާއަށް ޖަވާބުދާރީވާނެ ފުރުސަތު އަދި ބޭނުންވާ ނަމަ ގާނޫނީ ވަކީލުންގެ އެހީތެރިކަން ދީ، ދިފާއުވުމުގެ ފުރުސަތު ވެސް ފަހިކޮށްދީފައިވާ ކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއެވެ.

އަދި އެންމެ ފަހު މަރުހަލާއެއްގެ ގޮތުން މިލިޓަރީ ޖަސްޓިސް އެޕީލް ކައުންސިލްގެ ނިންމުން މުރާޖައާކޮށްދިނުމަށް އެދި މިނިސްޓަރަށް ހުށަހެޅުމުގެ ފުރުސަތު ވެސް، މައްސަލަ ރައްދުވާ ފަރާތަށް ލިބިދޭ ކަމަށާއި، މި ނިޒާމުގެ ތެރެއިން މައްސަލަތައް ތަހުގީގުކުރާ ފަރާތްތަކާއި މައްސަލަ ނިންމާ ކައުންސިލްތަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި އަދުލުވެރިކަމާ އެކު ހެއްކާއި ގަރީނާގެ މައްޗަށް ބިނާކޮށް ނިންމުންތައް ނިންމުމުގެ އިހުތިޔާރު ލިބިދީފައިވާ ކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އެމްއެންޑީއެފްގެ މީޑިއާ ގްރޫޕަށް ފޮނުވި މެސެޖުގައިވަނީ، ވުމާއެކު އަސްކަރީ އަދުލުގެ ނިޒާމް މިހާރު ހަމަޖެހިފައިވާ ގޮތުން ސިފައިންގެ މީހަކާމެދު މިނޫން ގޮތަކަށް ފިޔަވަޅު އެޅުމުގެ އެއްވެސް ފުރުސަތެއް އެއްވެސް ފަރާތަކަށް ނުލިބާ ކަމަށާއި، އަދި މި ނިޒާމުގެ ބޭރުން އެއްވެސް ސިފައިންގެ މީހަކާ މެދު ފިޔަވަޅު އަޅަމުން ނުދާކަމުގައި ދަންނަވަމެވެ. އަދި އެފަދަ ގޮތަކަށް އަމަލުކުރުމަށް ސިފައިންގެ ލީޑަޝިޕްގެ އެއްވެސް ބޭފުޅަކު އެއްވެސް އިރުޝާދެއް ދެއްވާފައި ނުވާ ކަމުގައެވެ.

މީގެއިތުރުން، ސިފައިންނަކީ ގާނޫނުތަކާއި ގަވައިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސިފައިންގެ ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޑަކްޓާ އެއްގޮތަށް އަމަލުތައް ބަހައްޓައި، އަސްކަރީ ރީތި އަޚްލާޤެއްގެ މަތީގައި ސާބިތުވެ ތިބެންޖެހޭ ބައެއްކަން ފާހަގަކޮށް، އެމްއެންޑީއެފްއިން އެ ނޫން ގޮތަކަށް އަމަލުތައް ބެހެއްޓުމަށް ހިތްވަރު ލިބޭ ފަދަ ދޮގު ހަބަރުތައް އެއްވެސް ފަރާތަކުން ނުފެތުރުމަށް އިލްތިމާސްކުރައްވާފައިވެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *