ބްރިޖް ހައިވޭގައި އެކްސިޑެންޓެއް ހިނގައި ސޯލާ ޕެނަލްތަކަށް ގެއްލުން ލިބިއްޖެ


ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އެސަރަހައްދުގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކަކަށް ގެއްލުން ލިބިއްޖެއެވެ.
ފުލުހުން މައުލޫމާތުދިން ގޮތުގައި މި ސޯލާ ޕެނަލް ތަކަށް ގެއްލުން ލިބެން މެދުވެރިވި ސަބަބަކީ ސިނަމާލެ ބްރިޖް ހައިވޭގައި ދުއްވި ޓެކްސީ ކާރެއް ކޮންޓްރޯލްނުވެ ހިނގި އެކްސިޑެންޓެއްގެ ސަބަބުން ކަމަށެވެ. ހުޅުމާލެއިން މާލެއަށް ދަތުރު ކުރި މި ޓެކްސީ ބާރުސްޕީޑްގައި ދުއްވުމުގެ ސަބަބުން ސޯލާ ޕެނަލްތަކުގައި ޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ބުނީ މި ސޯލާ ޕެނަލްތަކަކީ އިންޝުއަރެންސްކޮށްފައިވާ އެއްޗެހި ތަކެއްކަމަށެވެ.
މި ހާދިސާގައި މީހަކަށް އަނިޔާ ނުވި ނަމަވެސް ޓެކްސީއަށާއި ސޯލާ ޕެނަލްތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
