ސައުދީ އަރަބިއްޔާއަށް އުމްރާއަށް ދާ އަންހެނުން ހެދުން އެޅުމުގައި އަމަލުކުރަންވީ އުސޫލު ކަނޑައަޅައިފިއެވެ.

ސައުދީ އަރަބިއްޔާގެ ޙައްޖު އެންޑް އުމްރާ މިނިސްޓްރީން ވަނީ މުޤައްދަސް ބިނާތަކަށް ޒިޔާރާތްކުރާއިރު އެކަށީގެންވާ ހެދުމެއް އަޅަންޖެހޭނެ ކަމުގައި ކަނޑައަޅައި އެކަމާއި ގުޅޭ ގައިޑްލައިނެއް ނެރެފައެވެ.

އަދި އާއްމުކޮށްފައިވާ ގައިޑްލައިންގެ ތެރެއިން އަންހެނުންނަށް އިޚްތިޔާރުކުރާ ހެދުމެއް އެޅޭނެކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އުމްރާގެ އަޅުކަމަށް ދާ އަންހެނުން ލާ ހެދުމަކީ ގަޔަށް ދޫ ހެދުމަކަށް ވާން ޖެހޭނެކަމަށެވެ. އަދި ޒީނަތްތެރި ކުރުމަށް ބޭނުންކުރާ އެއްވެސް ބާވަތެއް ހެދުމުގައި ހުރެގެންނުވާނެ ކަމަށާއި ހެދުމުން މުޅި ހަށިގަނޑު ނިވާވާން ޖެހޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މީގެ ކުރިން، ސައުދީ އަރަބިއްޔާއިން ވަނީ ޙައްޖުވުމަށާއި ޢުމްރާވުމަށް އެޤައުމަށް ގޮސް އުޅޭއިރު، އެޤައުމުގެ މުގައްދަސް ބިނާތަކަށް ޙައްޤު އިޙްތިރާމް އަދާކުރުމަށާއި، އަބަދު ފޮޓޯ ނެގުމައިގެން މަޝްޣޫލްވެ ނޫޅުމަށް، އަންގާފައެވެ. އަދި ޠަވާފް ކުރުމާއި އެހެންވެސް ރުކުންތައް އަދާކުރަމުންދާއިރު ފޮޓޯ ނެގުމަށް ކުއްލިއަކަށް ހުއްޓުންފަދަ ކަންތައް ކުރާނަމަ، ބައިބޯވެ، މީހުން ފިތުންފަދަ ހަދިސާތައް ދިމާވާކަންވެސް އެ މިނިސްޓްރީން ފާހަގަކުރެއެވެ.

ޢުމްރާގެ އަޅުކަން އަދާކުރުމަށް މަގުފަހިކުރުމުގެ ގޮތުން ސައުދީން ވަނީ ކުރިން ދެމުންދިޔަ 30 ދުވަހުގެ ވިސާ 90 ދުވަހަށް އިތުރުވެސްކޮށްފައެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *