ބިންވެރިޔާ ސްކީމުގެ ފުރަތަމަ ބުރުން ޝަރުތު ހަމަވެ ގޯތި ނުލިބުނު މީހުންނަށް ދެވަނަ ބުރުން ގޯތި ދޭން ނިންމައިފައިވަނީ އުތުރުތިޅަފަޅުން ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ މީހުންގެ ދާއިމީ ލިސްޓް އިޢުލާން ކުރިއިރު އެ ލިސްޓްގައި ބަޔާންކުރެވިފައިވާ ”ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ“ ސްޓޭޓަސްގައި ހިމެނޭ މީހުންނަށް ގިރާވަރު އުތުރުފަޅުން (އުތުރު ތިލަފަޅު) ހިއްކާ ބިމުން ގޯތިދޫކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެގޮތުން މާލޭގެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ލިބޭކަމަށް އެކުލަވާލި ދާއިމީ ލިސްޓުގައި، އަންނަ ބުރެއްގައި ގޯތި ދޭން ކަނޑައެޅި 684 މީހުނަށް އުތުރު ތިލަފަޅުން ދޫކުރާ ބިމުން ގޯތި ލިބޭނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ގޯތިި ލިބުނު މީހުންގެ ތެރެއިން މި 684 މީހުންނަކީ ކައިވެނިނުކުރާ، އަދި ދަރިންވެސް ނެތް އުމުރުން 18 އަހަރާ 25 އަހަރާ ދެމެދުގެ މީހުން ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ބިންވެރިޔާ ސްކީމުގެ ދާއިމީ ލިސްޓްގައި ”ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ“ އެއްވެސް މީހަކު ގޯތި ލިބުމަށް އެދި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހި“ އަށް ފޯމު ހުށަހަޅަން ނުޖެހޭނެ ކަމަށެވެ. ނަމަވެސް ”ދެވަނަބުރުގެ ލިސްޓްގައި ހިމެނޭ“ ފަރާތަކުން މިހާރު ހުޅުވާލާފައިވާ ”ބިންވެރިޔާސްކީމުގެ ދެވަނަ ފިޔަވަހި“ އަށް އެހެން ފަރާތަކާއެކު ޖޮއިންޓް އެޕްލިކޭޝަނެއްގައި ބައިވެރިވާން ބޭނުންވާނަމަ ބިންވެރިޔާ ސްކީމަށް ކުރިން ހުށަހަޅާފައިވާ ފޯމު ބާތިލް ކުރުމަށް އެދި ހުށަހެޅުމުން ފަހުން ހުޅުވާލި ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހީގައި ބައިވެރިވުމުގެ ފުރުސަތު ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެެވެ.

ބިންވެރިޔާ ސްކީމުގެ ދެވަނަ ފިޔަވަހިން ގޯތި ދޫކުރުމަށް ނިންމާފައިވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މީހުންނަށެވެ. މި ގޯތިތައް ދޫކުރުމަށް ނިންމާފައިވާ އުތުރު ތިލަފަޅުން 215 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައިވާ ކަމަަށް ސަރުކާރުން ބުނެއެވެ.

Related Post

Leave a Reply

Your email address will not be published. Required fields are marked *